Ads by Stelco

ޚަބަރު

"ހިޔާވަހި" ޕޯޓަލް މެދުވެރިކޮށް ފްލެޓާއި ގޯއްޗަށް ކުރިމަތިލުމުން ލިބޭ ޕޮއިންޓް ވަގުތުން އެނގޭނެ: ވަޒީރު ޑރ. މުއްތަލިބު

"ހިޔާވަހި" ޕޯޓަލް މެދުވެރިކޮށް ފްލެޓާއި ގޯއްޗަށް ކުރިމަތިލުމުން ލިބޭ ޕޮއިންޓް ވަގުތުން އެނގޭނެ: ވަޒީރު ޑރ. މުއްތަލިބު

ވަޒީރު ޑރ. ޢަބްދުﷲ މުއްތަލިބު ފޮޓޯ: ވުޒާރާ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

18 ޖެނުއަރީ 2026، 12:00

18 ޖެނުއަރީ 2026، 12:00

ސަރުކާރުގެ "އެންމެންނަށް ބޯހިޔާވަހިކަން" ސިޔާސަތުގެ ދަށުން ފްލެޓާއި ގޯއްޗަށް އެދި ފޯމު ހުށަހެޅުމުން، އެ މީހަކަށް ލިބޭ ޕޮއިންޓުގެ ތަފްސީލް ވަގުތުން އެނގޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.

"ހިޔާވަހި" ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށް ފޯމު ހުށަހެޅުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލާފައެވެ. މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ފުރަތަމަ މަޝްރޫޢުގެ ދަށުން ގްރޭޓަރ މާލެ ސަރަޙައްދާއި ރަސްމާލެ ހިމެނޭހެން 15,000 ގޯއްޗާއި، މާލެ ސަރަޙައްދުން 7,900 ފްލެޓަށް ވަނީ ހުޅުވާލާފައެވެ.

މީޑިއާތަކަށް މަޢުލޫމާތު ދެއްވަމުން ވަޒީރު ޑރ. މުއްތަލިބު ވިދާޅުވީ، ފްލެޓާއި ގޯއްޗަށް އެދި ކުރިމަތިލެވޭނީ އެމީހަކު އިޚްތިޔާރު ކުރާ ކޮންމެވެސް އެއް ސްކީމަކަށް ކަމަށެވެ. އަދި މީގެ ކުރިން ހިންގި ވެށިފަހި އަދި ހިޔާ މަޝްރޫޢުގައި ފްލެޓު ލިބޭނެ ކަމުގެ ލިޔުން ލިބި، ފްލެޓު ޙަވާލުކޮށްފައި ނުވާ ފަރާތްތަކަށްވެސް މި ސްކީމުން ކުރިމަތިލުމުގެ އިޚުތިޔާރުތައް ޕޯޓަލްގައި ހިމަނާފައިވާނެ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރު އިތުރަށް ވިދާޅުވީ، ފޯމު ހުށަހަޅާއިރު ސައްޙަ މަޢުލޫމާތު ހުށަހެޅުމަށް ވަރަށް ބޮޑަށް އިސްކަންދޭންވާނެ ކަމަށެވެ.

އެދެނީ ޝަރުތު ހަމަވާ ފަރާތްތަކުން އެކަނި ފޯމު ހުށައަޅަން. އީފާސްއިން ވަދެ، ޝަރުތު ހަމަވޭތޯ ބެލޭނެ. އެޕްލިކޭޝަން ފުރިހަމަވާނީ މަޢުލޫމާތު ފުރިހަމަކޮށް، އިޤުރާރުގައި ސޮއިކޮށް ހުށަހެޅުމުން، ވަޒީރު 

މިފަހަރުގެ ޕޯޓަލް ފަރުމާކޮށްފައިވަނީ ފޯމު ސަބްމިޓް ކުރުމާއެކު، ފޯމު ބަލައިގަތްކަމުގެ މެސެޖާއި އީމެއިލްއާ އެކު އެ މީހަކަށް ލިބޭ ޕޮއިންޓުގެ ތަފްސީލުތައް ވަގުތުން ލިބޭނެ ގޮތަށެވެ. ނަމަވެސް، ހުށަހަޅާ މަޢުލޫމާތުގެ ސައްޙަކަން ސަރުކާރުން ކަށަވަރު ކުރާނެ ކަމަށާއި، ރާއްޖޭގެ އެއްވެސް ރަށެއްގައި އެމީހެއްގެ ނަންމަތީގައި ބިމެއް ނުވަތަ ގެދޮރެއް އޮތްތޯ ވަރަށް ރަނގަޅަށް ބަލާނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ފްލެޓާއި ގޯތި ބެހިގެންވާ ގޮތް:

ފްލެޓް: މާލޭ ރަށްވެހިންނަށް 4,000، މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންނަށް 1,500، އަދި ޚާއްޞަ އިސްކަންދޭ ކެޓަގަރީތަކަށް 2,400 (މި ކެޓަގަރީ 15 ބަޔަކަށް ބަހާލެވިފައިވޭ).
ގޯތި: މާލޭ ރަށްވެހިންނަށް 10,000، މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންނަށް 3,000، މައިމުޅަވެފައިވާ މީހުންނަށް 500، އަދި ހަނި ގޯޅިތަކުގައި ހުރި ގޯތިތަކާއި ލާޖައްސާ ގޯތިތަކަށް 1,500.
ވަޒީރު ވިދާޅުވި ގޮތުގައި، ފޯމު ހުށަހެޅުމަށްފަހު ކެންސަލެއް ނުކުރެވޭނެއެވެ. އެހެންކަމުން، އަވަސް އަރުވާލައިގެން ފޯމު ހުށަހެޅުމުގެ ބަދަލުގައި، ޑްރާފްޓުގައި ބަހައްޓައިގެން ލިޔެކިޔުންތައް ހަމަކޮށް، ކަށަވަރު ކުރުމަށްފަހު ހުށަހެޅުމަށް ވަނީ އިލްތިމާސް ކުރައްވާފައެވެ.

މި ސްކީމުގެ ދަށުން ގޯއްޗަށް އެދި ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ މާރިޗު މަހުގެ 4 ވަނަ ދުވަހެވެ. އަދި ފްލެޓަށް އެދި ހުށަހެޅުމުގެ ސުންގަޑިއަކީ އޭޕްރީލް މަހުގެ 17 ވަނަ ދުވަހެވެ. ފޯމު ހުށަހެޅުމުގެ މުއްދަތު ހަމަވުމުން ވަގުތީ ލިސްޓު ނެރޭނެ ކަމަށާއި، ދާއިމީ ލިސްޓު ނެރޭނީ ޝަކުވާތަކަށް ބެލުމަށްފަހު ކަމަށްވެސް މިނިސްޓްރީން މަޢުލޫމާތު ދެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450