Ads by Stelco

ޚަބަރު

ކައުންސިލް އިންތިޚާބަށް ޝަކުވާ ހުށައެޅުމުގެ ސުންގަޑި މިއަދަށް ހަމަވާނެ

ކައުންސިލް އިންތިޚާބަށް ޝަކުވާ ހުށައެޅުމުގެ ސުންގަޑި މިއަދަށް ހަމަވާނެ

ވޯޓުލާ މަރުކަޒެއްގައި ވޯޓާސް ލިސްޓެއް ބޭނުންކުރަނީ. ފޮޓޯ:ރާއްޖެ އެމްވީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

18 ޖެނުއަރީ 2026، 02:56

18 ޖެނުއަރީ 2026، 02:56

ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި ވޯޓު ދިނުމުގެ ޙައްޤު ލިބިގެންވާ މީހުންގެ ރަޖިސްޓަރީއަށް ޝަކުވާ ހުށަހެޅުމުގެ މުއްދަތު މިއަދު މެންދުރުފަހު 15:00 އަށް ހަމަވާނެއެވެ.

އިލެކްޝަންސް ކޮމިޝަނުން ހާމަކުރެއްވި ގޮތުގައި މިއަދު މެންދުރު 12:00 އާ ހަމައަށް ޖުމްލަ 639 ޝަކުވާއެއް އެ ކޮމިޝަނަށް ވަނީ ލިބިފައެވެ.  އަންނަ އެޕްރީލް މަހުގެ 4 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ތައްޔާރުވަމުންދާ މި އިންތިޚާބުގެ ވޯޓުލާ މީހުންގެ ރަޖިސްޓަރީއަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ މި މަހުގެ 7 ވަނަ ދުވަހުން ފެށިގެންނެވެ. އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ ލިބިފައިވާ ޝަކުވާތަކުގެ ތެރޭގައި އެންމެ ގިނައީ ރަޖިސްޓަރީގައި ހިމެނިފައިވާ އެޑްރެސް ބަދަލުކުރުމަށާއި، ރަށްވެހިކަން ބަދަލުވެފައިވާތީ ހުށަހަޅާފައިވާ ޝަކުވާތައް ކަމަށެވެ.

މީގެ އިތުރުން ނިޔާވެފައިވާ ފަރާތްތަކުގެ ނަން ރަޖިސްޓަރީގައި ހިމެނިފައިވާތީ އެ ނަންތައް އުނިކުރުމަށްވެސް ގިނަ ބަޔަކު ވަނީ ހުށަހަޅާފައެވެ.  ޝަކުވާ ހުށަހެޅުމުގެ އިޖުރާއަތްތައް އިލެކްޝަންސް ކޮމިޝަނުން އިރުޝާދު ދެއްވާފައިވަނީ ރަޖިސްޓަރީގައިވާ މަޢުލޫމާތުތައް ކަށަވަރުކުރުމަށްފަހު، އެއްވެސް މައްސަލައެއްވާނަމަ ކަނޑައެޅިފައިވާ ވަގުތުގެ ކުރިން ޝަކުވާ ހުށަހެޅުމަށެވެ. ރަޖިސްޓަރީއަށް މީހަކު އިތުރުކުރުމަށް ނުވަތަ އުނިކުރުމަށް ހުށަހަޅާއިރު، ޝަކުވާގެ ޞައްޙަކަން ސާބިތުވާނެ ރަސްމީ ލިޔުމެއްގެ ކޮޕީ ހުށަހަޅަންޖެހޭނެއެވެ.  ސިޔާސީ ޕާޓީތަކުން ޝަކުވާ ހުށަހަޅަން ބޭނުންވާނަމަ، އެކަމަށް ޚާއްޞަކޮށްފައިވާ ސިމެދަ ޕޯޓަލް މެދުވެރިކޮށް ޝަކުވާ ހުށަހެޅޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.

އާންމު ފަރާތްތަކަށް ކޮމިޝަނުގެ މައިޕޯޓަލް my.elections.gov.mv މެދުވެރިކޮށް ޝަކުވާ ހުށަހެޅޭނެއެވެ.  ވޯޓުލާ މީހުންގެ ރަޖިސްޓަރީގައި ނަން އޮތްތޯ ބެލުމަށް އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިޓުގެ އިތުރުން، އެސް.އެމް.އެސް މެދުވެރިކޮށްވެސް ޗެކްކުރެވޭނެއެވެ. އެގޮތުން VR (Space) ID number ޖެއްސެވުމަށްފަހު 1414 އަށް މެސެޖު ކުރުމުން ރަޖިސްޓަރީގެ މަޢުލޫމާތު ލިބޭނެ ކަމަށް އެ ކޮމިޝަނުން މަޢުލޫމާތު ދެއްވައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450