Ads by Stelco

ޚަބަރު

ވަގުތު ހަމަވިއިރު، ވޯޓާސް ލިސްޓަށް 800 އެއްހާ ޝަކުވާ ހުށަހަޅައިފި

ވަގުތު ހަމަވިއިރު، ވޯޓާސް ލިސްޓަށް 800 އެއްހާ ޝަކުވާ ހުށަހަޅައިފި

އީސީގެ މައި ޕޯޓަލް. ފޮޓޯ: އީސީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

18 ޖެނުއަރީ 2026، 09:04

18 ޖެނުއަރީ 2026، 09:04

މި އަހަރުގެ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި ވޯޓު ލުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހަމަވިއިރު، ޖުމްލަ 779 ޝަކުވާއެއް ލިބިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހާމަކޮށްފިއެވެ.

ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ރަޖިސްޓަރީއަށް ޝަކުވާ ހުށަހެޅުމަށް އިލެކްޝަންސް ކޮމިޝަނުން ހުޅުވާލި ފުރުސަތު ހަމަވެފައިވަނީ މިއަދު މެންދުރު ފަހު 15:00 ގައެވެ.

އިލެކްޝަންސް ކޮމިޝަނުން މައުލޫމާތު ދެއްވި ގޮތުގައި، ލިބިފައިވާ ޝަކުވާތަކުގެ ތެރޭގައި މައިގަނޑު ގޮތެއްގައި ހިމެނެނީ ރަޖިސްޓަރީގައި ހިމެނިފައިވާ އެޑްރެސް ބަދަލުކުރުމާއި، ރަށްވެހިކަން ބަދަލުވެފައިވާތީ އެކަން އިސްލާހު ކުރުމަށް ހުށަހެޅި ޝަކުވާތަކެވެ. މީގެ އިތުރުން، ނިޔާވެފައިވާ ފަރާތްތަކުގެ ނަން ލިސްޓުގައި ހިމެނިފައިވާތީ އެ ނަންތައް އުނިކުރުމަށްވެސް ގިނަ ބަޔަކު ވަނީ ޝަކުވާ ހުށަހަޅާފައެވެ.

ވޯޓާސް ރަޖިސްޓްރީއަށް ޝަކުވާ ހުށަހެޅުމުގެ މުއްދަތު ހަމަވެފައިވާއިރު، އީސީން މިހާރު ވަނީ އިންތިހާބުގައި ހަރަކާތްތެރިވާނެ ބޭރުގެ އޮބްޒާވަރުންނާއި މޮނީޓަރުން އައްޔަން ކުރުމުގެ ފުރުސަތުވެސް ހުޅުވާލައިފައެވެ. އަދި އިންތިހާބަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކަށް އެ ފުރުސަތުވެސް މިހާރު ވަނީ ހުޅުވާލެވިފައެވެ.

ކުރިއަށް އޮތް ކައުންސިލް އިންތިހާބަކީ ރާއްޖޭގެ އިދާރީ ދާއިރާތައް ހިންގުމަށް މަންދޫބުން އިންތިހާބު ކުރުމަށް ބާއްވާ މުހިންމު އިންތިހާބެކެވެ. އިލެކްޝަންސް ކޮމިޝަނުން އަންނަނީ އިންތިހާބުގެ ކަންކަން އިންސާފުވެރިކަމާއި ދެފުށް ފެންނަ ގޮތެއްގައި ކުރިއަށް ގެންދިއުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450