Ads by Stelco

ޚަބަރު

ބަންޑުންޖަހާލި ބޯޓުން ގެއްލުނު ބިދޭސީ މީހާ އަދިވެސް ނުފެނޭ

ބަންޑުންޖަހާލި ބޯޓުން ގެއްލުނު ބިދޭސީ މީހާ އަދިވެސް ނުފެނޭ

ބަލްމާ 6 ބޯޓު ބަންޑުން ޖަހާލުން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

18 ޖެނުއަރީ 2026، 09:06

18 ޖެނުއަރީ 2026، 09:06

"ބަލްމާ-6" ބޯޓު ބަންޑުންޖަހާލި ހާދިސާގައި ގެއްލިގެން ހޯދަމުންދިޔަ ދެ މީހުންގެ ތެރެއިން އެކަކު ހޯދުމުގެ މަސައްކަތް އަދިވެސް ކުރަމުން އަންނަކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ވިދާޅުވެއްޖެއެވެ.

މި ބޯޓު ބަންޑުންޖަހާލާފައިވަނީ މިއަދު ހެނދުނު 7:27 ހާއިރު ތާޖު އެގްޒޯޓިކާ ރިޒޯޓު ކައިރިއަށެވެ.

އެމްއެންޑީއެފްއިން ވިދާޅުވި ގޮތުގައި، މި ހާދިސާ ހިނގުމާއެކު އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންއާއި ކޯސްޓުގާޑް ޑައިވަރުންގެ ޓީމެއް އެ ސަރަހައްދުގައި ދަނީ ހަރަކާތްތެރިވަމުންނެވެ. ބޯޓު ބަންޑުންޖަހާލުމާ ގުޅިގެން ހޯދަމުން ދިޔައީ ދިވެއްސަކާއި ބަންގްލަދޭޝްއަށް ނިސްބަތްވާ މީހެކެވެ.

މި ހޯދުމުގެ މަސައްކަތުގެ ތެރެއިން ގެއްލުނު ދިވެހި މީހާގެ ހަށިގަނޑު މިހާރު ވަނީ ފެނިފައެވެ. އެމްއެންޑީއެފުން ވިދާޅުވީ ދިވެހި މީހާގެ ހަށިގަނޑު މިހާރު މޯލްޑިވްސް ޕޮލިސް ސަރވިސްއާ ހަވާލުކޮށްފައިވާ ކަމަށެވެ. ނަމަވެސް، ބަންގްލަދޭޝް މީހާ ހޯދުމުގެ މަސައްކަތް އަދިވެސް މެދުކެނޑުމެއްނެތި ދަނީ ކުރަމުންނެވެ.

ހުޅުމާލެއިން ފުރައިގެން ދޮންމާގަށް ދަތުރުކުރި މި ބޯޓުން ޖުމްލަ 4 މީހުން ދަތުރުކުރިއެވެ. އޭގެ ތެރެއިން 2 މީހަކު އެ ސަރަހައްދުން ދަތުރުކުރި ދޯންޏަކަށް ނަގައި ސަލާމަތްކޮށްފައިވާ ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއްވައެވެ.

މި ބޯޓާއި ބޯޓުގައި ހުރި ބައެއް ތަކެތި އޮޔާދާތީ، އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރުން ސަމާލުކަން ދެއްވުމަށް އެމްއެންޑީއެފުން ވަނީ އިލްތިމާސްކުރައްވާފައެވެ. ކޯސްޓްގާޑުން ލަފާކުރާ ގޮތުގައި މި ތަކެތި އޮޔާދަނީ ހުޅަނގު ފަރާތަށެވެ.
 

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450