Ads by Stelco

ޚަބަރު

ބަންޑުން ޖަހާލި ބޯޓުގެ ބައިތައް އޮޔާދަނީ، ރޭގަނޑު ދަތުރުކުރާއިރު ސަމާލުވުމަށް އިލްތިމާސްކޮށްފި

ބަންޑުން ޖަހާލި ބޯޓުގެ ބައިތައް އޮޔާދަނީ، ރޭގަނޑު ދަތުރުކުރާއިރު ސަމާލުވުމަށް އިލްތިމާސްކޮށްފި

ބަންޑުން ޖަހާލި ބަލްމާ 6

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

18 ޖެނުއަރީ 2026، 09:04

18 ޖެނުއަރީ 2026، 09:04

މާލެ ކައިރިން ބަންޑުން ޖަހާލި މުދާ އުފުލާ ބޯޓުގެ ބައިތައް އޮޔާދާތީ، އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރު ސަމާލުވުމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން މިއަދު އިލްތިމާސްކޮށްފިއެވެ.

ހަތަރު މީހުންނާއެކު ދަތުރު ކުރަމުން ދަނިކޮށް ބަންޑުން ޖަހާލާފައިވަނީ "ބަލްމާ-6" ނަމަކަށް ކިޔާ މުދާ އުފުލާ ބޯޓެކެވެ. މި ހާދިސާ ހިނގާފައިވަނީ މިއަދު ހެނދުނު 07:27 އެހާކަންހާއިރު ކަމަށް އެމްއެންޑީއެފްއިން މައުލޫމާތު ދެއެވެ.

މި ބޯޓުން ދަތުރުކުރި ހަތަރު މީހުންގެ ތެރެއިން ދެ މީހަކު ވަނީ ސަލާމަތް ކުރެވިފައެވެ. ނަމަވެސް ގެއްލުނު އަނެއް ދެ މީހުން ހޯދުމުގެ މަސައްކަތް ފުލުހުންނާއި އެމްއެންޑީއެފް ގުޅިގެން ކުރަމުންދަނިކޮށް، އޭގެ ތެރެއިން އެކެއްގެ ހަށިގަނޑު މިހާރު ވަނީ ފެނިފައެވެ.

އެމްއެންޑީއެފްއިން ވިދާޅުވީ ގެއްލިގެން ހޯދަމުންދިޔަ މީހާގެ ހަށިގަނޑު ފެނިފައިވަނީ ތާޖް އެގްޒޯޓިކާ ރިޒޯޓު ކައިރިން ކަމަށެވެ. އަދި އެ ހަށިގަނޑު މިހާރު ވަނީ ފުލުހުންނާ ހަވާލުކޮށްފައެވެ. އަދިވެސް އިތުރު އެކަކު ހޯދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ތާޖް އެގްޒޯޓިކާ ރިޒޯޓު ކައިިރިއަށް ބަންޑުންޖަހާލި މި ބޯޓާއި ބޯޓުގައި ހުރި ބައެއް މުދާތައް އޮޔާ ދާތީ، އެމްއެންޑީއެފްއިން ވަނީ "މި ސަރަހައްދުން ރޭގަނޑު ދަތުރުކުރާ ދަތުރުވެރިން ހާއްސަ ސަމާލުކަމެއް ދިނުމަށް" އިލްތިމާސްކޮށްފައެވެ. މިއީ ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކުރި އިލްތިމާސެކެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450