Ads by Stelco

ޚަބަރު

ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ދަ ޑިމޮކްރެޓްސް އިން ހުޅުވާލައިފި

ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ދަ ޑިމޮކްރެޓްސް އިން ހުޅުވާލައިފި

ދަ ޑިމޮކްރެޓްސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

18 ޖެނުއަރީ 2026، 10:06

18 ޖެނުއަރީ 2026، 10:06

2026 ވަނަ އަހަރުގެ އޭޕްރިލް މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި، ދަ ޑިމޮކްރެޓްސްގެ ފަރާތުން ވާދަކުރަން ބޭނުންވާ މެންބަރުންނަށް އެ ފުރުސަތު އެ ޕާޓީން މިއަދު ހުޅުވާލައިފިއެވެ.

ދަ ޑިމޮކްރެޓްސް އިން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައިވަނީ، އިންތިޚާބާ ގުޅޭގޮތުން އިލެކްޝަންސް ކޮމިޝަނުން ފޯރުކޮށްދޭންޖެހޭ މައުލޫމާތާއި ޕާޓީގެ އިދާރީ ގޮތުން ކުރަންޖެހޭ ކަންކަން ފުރިހަމަކޮށް، އިންތިޚާބަށް އެކަށީގެންވާ މިންވަރަށް ތައްޔާރުވެފައިވާ ކަމަށެވެ. އެހެންކަމުން ޕާޓީގެ ޓިކެޓުގައި ވާދަކުރަން ބޭނުންވާ ފަރާތްތަކަށް މި މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް އެ ފުރުސަތު އޮންނާނެ ކަމަށް އެ ޕާޓީން ބުނެއެވެ.

ޕާޓީގެ ޓިކެޓަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، އެއް ގޮނޑިއަކަށް އެކަކަށްވުރެ ގިނަ މެންބަރުން ޝައުގުވެރިކަން ފާޅުކޮށްފިނަމަ، ޓިކެޓް ދޭނެ ފަރާތެއް ކަނޑައެޅުމަށްޓަކައި ޕްރައިމަރީއެއް ބާއްވާނެ ކަމަށްވެސް ޑިމޮކްރެޓްސް އިން ވަނީ ހާމަކޮށްފައެވެ.

ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރުމަށް އެދި ކެންޑިޑެސީ ހުށަހެޅުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ ރަސްމީކޮށް ހުޅުވާލާފައެވެ. ކެންޑިޑެސީ ފޯމު ހުށަހެޅުމުގެ އެންމެ ފަހު ސުންގަޑިއަކީ ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހުގެ ރޭ 12:00 އެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނެފައިވާ ގޮތުގައި ކެންޑިޑެސީ ފޯމު ހުށަހަޅަންޖެހޭނީ އޮންލައިން ޕޯޓަލް މެދުވެރިކޮށެވެ. އަމިއްލަ ގޮތުން ވާދަކުރާ ފަރާތްތަކުން މަދުވެގެން 50 މީހުންގެ ތާއީދު އޮތްކަން ޕޯޓަލް މެދުވެރިކޮށް ކަށަވަރުކޮށްދޭން ޖެހޭއިރު، ސިޔާސީ ޕާޓީތަކުން ކުރިމަތިލާ ފަރާތްތަކުންވެސް ހުރިހާ ލިޔެކިޔުންތަކެއް ފުރިހަމަކުރަން ޖެހޭނެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450