Ads by Stelco

ޚަބަރު

ސްކައުޓުގެ ޚިދުމަތްތެރިޔާ މުޙައްމަދު ޚާލިދު ނިޔާވެއްޖެ

ސްކައުޓުގެ ޚިދުމަތްތެރިޔާ މުޙައްމަދު ޚާލިދު ނިޔާވެއްޖެ

ކުރީގެ ޗީފް ކޮމިޝަނަރު މުޙައްމަދު ޚާލިދު (ބެން) ފޮޓޯ: އިންޓަނެޓް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

20 ޖެނުއަރީ 2026، 01:45

20 ޖެނުއަރީ 2026، 01:45

ރާއްޖޭގެ ސްކައުޓު ޚިދުމަތުގައި ދިގު މުއްދަތެއްވަންދެން އަގުނުކުރެވޭ ފަދަ މުހިންމު މަސައްކަތްތަކެއް ކުރެއްވި، ކުރީގެ ޗީފް ކޮމިޝަނަރު މުޙައްމަދު ޚާލިދު (ބެން) މިއަދު ނިޔާވެއްޖެއެވެ.

މުޙައްމަދު ޚާލިދު ނިޔާވީ އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް، މިއަދު ހެނދުނުގެ ވަގުތެއްގައެވެ. އޭނާ ނިޔާވުމާ ގުޅިގެން ސްކައުޓް އެސޯސިއޭޝަނަށާއި ރާއްޖޭގެ ޒުވާން ޖީލަށް ވަނީ ފޫނުބެއްދޭނެ ވަރުގެ ބޮޑު ގެއްލުމެއް ލިބިފައެވެ.

މުޙައްމަދު ޚާލިދަކީ ރާއްޖޭގެ ސްކައުޓް ހަރަކާތް ކުރިއެރުވުމަށާއި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސްކައުޓް ތަޢާރަފްކޮށް ފުޅާކުރުމަށް ނުހަނު އިޚްލާޞްތެރި މަސައްކަތްތަކެއް ކުރެއްވި ބޭފުޅެކެވެ. ސްކައުޓް އެސޯސިއޭޝަންގެ ޗީފް ކޮމިޝަނަރުގެ މަޤާމު ފުރުއްވާފައިވާ ޚާލިދަކީ، އެ އެސޯސިއޭޝަންގެ ޕަރމަނަންޓް މެންބަރެއްވެސް މެއެވެ.

އޭނާގެ މުޅި ހަޔާތް ސްކައުޓް ހަރަކާތުގެ ތެރޭގައި ހޭދަކުރައްވާފައިވާއިރު، ގިނަ އަދަދެއްގެ ޒުވާނުންނާއި ކުޑަކުދިން ސްކައުޓް ހަރަކާތުގެ ތެރެއިން ބިނާކުރުމުގައި އޭނާ ވަނީ އިސް ދައުރެއް އަދާކުރައްވާފައެވެ. ޚާލިދުގެ ލީޑަރޝިޕްގެ ދަށުން ރާއްޖޭގެ ސްކައުޓް ހަރަކާތް ވަނީ އާ އުސްމިންތަކަކަށް ވާސިލްވެފައެވެ.

މުޙައްމަދު ޚާލިދު ނިޔާވުމާ ގުޅިގެން ސްކައުޓް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ވަނީ އޭނާގެ އާއިލާއަށް ފުން ހިތާމައާއެކު ތަޢުޒިޔާ ފޮނުއްވާފައެވެ. އެ އެސޯސިއޭޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ޚާލިދަކީ ސްކައޓް ހަރަކާތަށް ވަރަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެއް ކަމަށާއި، އޭނާ ވަކިވެދިއުމަކީ އެ ޖަމްޢިއްޔާއަށް ލިބުނު ފޫނުބެއްދޭނެ ވަރުގެ ބޮޑު ހުސްކަމެއް ކަމަށެވެ.

މުޙައްމަދު ޚާލިދު (ބެން) ވަކިވެދިއުމަކީ ރާއްޖޭގެ ތަޢުލީމީ އަދި އިޖުތިމާޢީ ދާއިރާއަށް ލިބުނު ބޮޑު ހިތާމައެއްގެ ގޮތުގައި ގިނަ ބަޔަކު ދަނީ ސިފަކުރަމުންނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450