ދުނިޔެ

ނައްސިރް ހޮސްޕިޓަލުގައި ޕޯލިއޯ ވެކްސިން ދޭން ފަށައިފި!

ނައްސިރް ހޮސްޕިޓަލުގައި ޕޯލިއޯ ވެކްސިން ދޭން ފަށައިފި!

ނައިސިރް ހޮސްޕިޓަލުގައި ޕޯލިއޯ ވެކްސިން ދެނީ. ފޮޓޯ: އަލްޖަޒީރާ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

31 އޯގަސްޓު 2024، 06:04

31 އޯގަސްޓު 2024، 06:04

ފަލަސްޠީނުގެ ނައްސިރް ހޮސްޕިޓަލުގައި ޕޯލިއޯ ވެކްސިން ދޭން ފަށައިފިއެވެ. 

ހަނގުރާމައިގެ ސަބަބުން ނުތަނަވަސްކަން އިންތިހާއަށް އިތުރުވެފައިވާ ފަލަސްޠީނުގައި ޕޯލިއޯ ފެތުރެން ފަށައިފައިވާތީ އެބައްޔަށް ދޭން ޖެހޭ ވެކްސިން ދޭން ފަށައިފައިމިވަނީ ޕޯލިއޯގެ ކޭސްތައް ޖުލައި މަހުން ފެށިގެން ޣައްޒާއިން ފެންނަން ފަށައިފައިވަނިކޮށެވެ. 

ބުރާސްފަތި ދުވަހު ޑަބްލިޔު އެޗް އޯ އިން ބުނެފައިވަނީ ފަލަސްޠީނުގައި ފެތުރެމުންދާ ޕޯލިއޯ ބަލި ކޮންޓްރޯލް ކުރުމަށް ދޭން ޖެހޭ ވެކްސިން ދިނުމަށް ޓަކައި ދޭން ޖެހޭ ވަގުތު ދިނުމަށް ހަމަލާތައް ވަގުތީ ގޮތުން ހުއްޓައިލުމަށް އިޒްރާއިލުން އެއްބަސްވެފައިވާ ކަމަށެވެ. 

އެގޮތުން މާދަމާއި އިން ތިން ދުވަހަށް ދެމިގެން ދާހެން، ހެނދުނު 6:00 އިން ފެށިގެން މެންދުރުފަހު 3:00 އާއި ހަމައަށް ހަމަލާތައްް މެދުކަނޑާލުމަށް އިޒްރާއިލުން އެއްބަސްވެފައިވާ ކަމަށް ޑަބްލިޔު އެޗް އޯ އިން ބުނެފައިވެއެވެ.

ޣައްޒާއިން ޕޯލިއޯ ފެނިފައިމިވަނީ 25 އަހަރު ދުވަސް ފަހުންނެވެ. 

މި ލިޔުން ކިޔާލުމުން