Ads by Stelco

ޚަބަރު

ވީއައިއޭގައި މާރާމާރީ ހިންގި ދެ ބިދޭސީން ހައްޔަރުކޮށް، ބަންދަށް މުއްދަތު ޖަހައިފި

ވީއައިއޭގައި މާރާމާރީ ހިންގި ދެ ބިދޭސީން ހައްޔަރުކޮށް، ބަންދަށް މުއްދަތު ޖަހައިފި

އެއަރޕޯޓުގައި މާރާމާރީ ހިންގި މައްސަލައިގައި ހައްޔަރުކުރި މީހުން.

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

20 ޖެނުއަރީ 2026، 02:54

20 ޖެނުއަރީ 2026، 02:54

ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގައި މިމަހުގެ 9 ވަނަ ދުވަހު ހިންގި ހަމަނުޖެހުމާއި ގުޅިގެން ދެ ބިދޭސީއަކު ހައްޔަރުކޮށް، އެމީހުންގެ ބަންދަށް މުއްދަތު ޖަހައިފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން މައުލޫމާތު ދެއްވި ގޮތުގައި، މި ހަމަނުޖެހުން ހިނގާފައިވަނީ މިމަހުގެ 9 ވަނަ ދުވަހުގެ ރޭ 12:15 ހާއިރުއެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ސްރީލަންކާއަށް ނިސްބަތްވާ ދެ ފިރިހެނުންނެވެ. އެއީ ތިލަކް ޗޯމަޗަންދްރަ މަޑެތަލަވޭ ކަންކަނަމަލަގޭ އާއި ޕްރިޔަންތަ ސިލްވާދެވަނިއްތިގެ އެވެ.

ފުލުހުން ވިދާޅުވީ، މި ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އެމީހުން ބަންދުގައި ބޭތިއްބުމަށް 15 ދުވަހުގެ މުއްދަތެއް ކޯޓުން ވަނީ ދީފައެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސަބަބާއި، ހަމަނުޖެހުމާ ގުޅޭ އިތުރު ތަފްސީލު ހޯދުމަށް ފުލުހުން މިހާރު ދަނީ މި މައްސަލަ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450