Ads by Stelco

ޚަބަރު

ފެނަކައިން ސަރުކާރު ސްކޫލްތައް އޭސީ ކުރުމުގެ މަސައްކަތް ފަށައިފި

ފެނަކައިން ސަރުކާރު ސްކޫލްތައް އޭސީ ކުރުމުގެ މަސައްކަތް ފަށައިފި

ތ.ގުރައިދޫގައި ހުންނަ ތ.އަތޮޅު މަދަރުސާ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

20 ޖެނުއަރީ 2026، 05:12

20 ޖެނުއަރީ 2026، 05:12

ސަރުކާރުގެ ސްކޫލުތައް އޭސީކުރުމަށް ކުރިއަށްގެންދާ 'ކޫލް ސްކޫލް' މަޝްރޫއުގެ އަމަލީ މަސައްކަތް ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްގެން ފަށައިފިއެވެ. މި މަޝްރޫއަކީ ރާއްޖޭގެ ސްކޫލުތަކުގެ ކްލާސްރޫމްތަކުގެ ހޫނުމިން މަތިވުމުގެ ސަބަބުން ދަރިވަރުންނާއި މުދައްރިސުންނަށް ދިމާވާ ދަތިތަކަށް ދާއިމީ ހައްލެއް ހޯދައިދިނުމަށްޓަކައި ސަރުކާރުން ފެށި މުހިންމު މަސައްކަތެކެވެ.

މި މަޝްރޫއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން، މިނިސްޓްރީ އޮފް އެޑިއުކޭޝަނުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ މަޝްރޫއެކެވެ. މީގެ މައިގަނޑު މަގްސަދަކީ ކިޔަވައިދޭ މާހައުލަކީ ދަރިވަރުންނަށް ފަހި އަދި އަރާމު ތަނަކަށް ހެދުމެވެ.

ފެނަކަ އިން މިއަދު ހާމަކުރި ގޮތުގައި، ރާއްޖޭގެ ހުރިހާ ސްކޫލަކަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫއުގެ ދަށުން މިހާރު ކުރިއަށްދަނީ ގްރޭޓަރ މާލޭ ސަރަހައްދުގެ ސްކޫލުތަކުގައި އޭސީ ހަރުކުރުމުގެ މަސައްކަތެވެ. އެ ކުންފުނިން ބުނި ގޮތުގައި މާލޭ ސަރަހައްދުގެ ސްކޫލުތަކުގެ ތެރެއިން 75 އިންސައްތަ ސްކޫލުގައި މިހާރު ވަނީ އިންޑޯ އޭސީ ޔުނިޓްތައް ހަރުކޮށް ނިންމާފައެވެ.

މި މަސައްކަތާ ގުޅޭގޮތުން ފެނަކައިން ބުނީ، "މި ކުންފުނީގެ އަމާޒަކީ ދިރާސީ އައު އަހަރުގެ ކިޔެވުން ފެށުމުގެ ކުރިން، މާލޭ ސަރަހައްދުގައިވާ ހުރިހާ ސްކޫލެއްގައި އޭސީ ހަރުކުރުމުގެ ޢަމަލީ މަސައްކަތް އެއްކޮށް ނިންމާލުން،" ކަމަށެވެ.

މި މަޝްރޫއު ނިމުމުން، ސްކޫލުތަކުގެ ކިޔަވައިދޭ މާހައުލަށް ބޮޑު ބަދަލެއް އަންނާނެ ކަމަށް ބެލެވެއެވެ. މާލޭގެ މަސައްކަތްތަކަށްފަހު، އަތޮޅުތެރޭގެ ސްކޫލުތަކުގައިވެސް މި މަސައްކަތް ބާރުމިނުގައި ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450