Ads by Stelco

ޚަބަރު

ގިނަ ދިވެހިންގެ ލޯބި ހޯދާފައިވާ ޝައިޚް ޢަބްދުލް ޢަޒީޒްއަށް ސްޓްރޯކެއް ޖެހި ފަރުވާދެނީ

ގިނަ ދިވެހިންގެ ލޯބި ހޯދާފައިވާ ޝައިޚް ޢަބްދުލް ޢަޒީޒްއަށް ސްޓްރޯކެއް ޖެހި ފަރުވާދެނީ

ޝައިޚް ޢަބްދުލް ޢަޒީޒް ހުސެއިން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

20 ޖެނުއަރީ 2026، 09:50

20 ޖެނުއަރީ 2026، 09:50

ހުލާސާ


ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ އައްޝައިޚު އަބްދުލް އަޒީޒް ހުސައިން (އަޒީބެ) އަށް ސްޓްރޯކެއް ޖެހިގެން އައިޖީއެމްއެޗް ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފިއެވެ.

މިކަން ހާމަކޮށް އަޒީބެގެ ދަރިފުޅު އަހްމަދު ކުމައިލް ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނީ، އޭނާގެ ބައްޕަ އަޒީޒަށް ސްޓްރޯކެއް ޖެހި މިވަގުތު އައިޖީއެމްއެޗް ހޮސްޕިޓަލްގައި ފަރުވާދެމުންދާ ކަމަށެވެ. ކުމައިލް ވަނީ އޭނާގެ ބައްޕައަށް ހެޔޮ ދުއާކޮށްދިނުމަށް އެންމެހާ ރައްޔިތުންގެ ކިބައިން އެދިފައެވެ.

"ތިޔަ އެންމެ ބޭފުޅުންގެ ހެޔޮ އިހުލާސްތެރި ދުއާގައި ބައްޕަ ޝާމިލްކޮށް ދެއްވުން އެދެން،" ކުމައިލްގެ ޕޯސްޓްގައި ބުނެފައިވެއެވެ.

އަޒީބެއަކީ ރާއްޖޭގައި އިސްލާމް ދީނުގެ މައުލޫމާތު ފެތުރުމުގައި ގިނަގުނަ މަސައްކަތްތަކެއް ކުރައްވާ، ދިވެހިންގެ ބޮޑު މަގުބޫލުކަމެއް ހޯއްދަވާފައިވާ ބޭފުޅެކެވެ. ދީނީ ދަރުސްތަކުގެ އިތުރުން، އާންމުންނާ ގާތް ގުޅުމެއް ބާއްވާ އިލްމުވެރިއެއްގެ ގޮތުގައި އޭނާ ފާހަގަކުރެވެއެވެ.

ދީނީ ދައުވަތުގެ އިތުރުން، 2013 ވަނަ އަހަރުން ފެށިގެން އަޒީބެ ދަނީ އަމިއްލަ އުމްރާ ކުންފުންޏެއް ކަމަށްވާ ޒަމްޒަމް ހައްޖު އެންޑް އުމްރާ ގްރޫޕްގެ ނަމުގައި ދިވެހިން އުމްރާއަށް ގެންދިއުމުގެ މަސައްކަތް ކުރައްވަމުންނެވެ. މިގޮތުން 2013 ވަނަ އަހަރުން ފެށިގެން މެދުކެނޑުމެއް ނެތި 4500 އަށްވުރެ ގިނަ ދިވެހިން އޭނާގެ ބެއްލެވުމުގެ ދަށުން އުމްރާގެ އަޅުކަން އަދާކޮށްފައިވެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450