Ads by Stelco

ޚަބަރު

އިސްލާމީ މަރުކަޒު، މިސްކިތް އަދި ޤުރުއާން ސެންޓަރު ހިމެނޭހެން 5 ރަށެއްގެ މަސައްކަތް ހަވާލުކޮށްފި

އިސްލާމީ މަރުކަޒު، މިސްކިތް އަދި ޤުރުއާން ސެންޓަރު ހިމެނޭހެން 5 ރަށެއްގެ މަސައްކަތް ހަވާލުކޮށްފި

އިސްލާމީ މަރުކަޒު، މިސްކިތް އަދި ޤުރުއާން ސެންޓަރު ހިމެނޭހެން 5 ރަށެއްގެ މަސައްކަތް ހަވާލުކުރުން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

21 ޖެނުއަރީ 2026، 04:04

21 ޖެނުއަރީ 2026، 04:04

ދީނީ ހޭލުންތެރިކަން އިތުރުކޮށް، ދީނީ ތަޢުލީމު ފުޅާކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫޢުތަކުގެ ތެރެއިން، ޖުމްލަ 5 ރަށެއްގައި އިސްލާމީ މަރުކަޒާއި، މިސްކިތް އަދި ޤުރުއާން ސެންޓަރުތައް އެޅުމުގެ މަސައްކަތް އެކި ކުންފުނިތަކާ ހަވާލުކޮށްފިއެވެ.

 މި މަޝްރޫޢުތަކަކީ ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ދީނީ ވަސީލަތްތައް ޤާއިމުކުރުމަށް ކުރިއަށްގެންދާ މުހިންމު މަސައްކަތްތަކެކެވެ.

ޅ. ނައިފަރުގައި ތަރައްޤީކުރާ އިސްލާމީ މަރުކަޒުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ސެންޓްރަލް ލައިން ޕްރައިވެޓް ލިމިޓެޑްއާއެވެ. މި މަރުކަޒުގެ މިސްކިތް ބަޔަކީ 1000 މީހުންގެ ޖާގައެވެ. މީގެ އިތުރުން ހއ. އިހަވަންދޫގައި 700 މީހުންގެ ޖާގައިގެ އިސްލާމީ މަރުކަޒެއް އެޅުމަށް ފީޑޯ ޕްރައިވެޓް ލިމިޓެޑްއާ ވަނީ ހަވާލުކޮށްފައެވެ. އަދި ގއ. ވިލިނގިލީގައި 700 މީހުންގެ ޖާގައިގެ އިސްލާމީ މަރުކަޒެއް ތަރައްޤީކުރުމަށް ކޭ އެންޑް އެފް ހޯލްޑިންގް ޕްރައިވެޓް ލިމިޓެޑްއާ ވަނީ ހަވާލުކޮށްފައެވެ. މި ހުރިހާ މަރުކަޒުތަކެއްގައިވެސް އަންހެނުންނަށް ނަމާދުކުރެވޭނެ ޖާގައާއި، ކްލާސްރޫމް، ލައިބްރަރީ އަދި ކޮންވެންޝަން ހޯލްތައް ހިމެނޭނެއެވެ.

ޤުރުއާން މަރުކަޒާއި މިސްކިތްތަކުގެ މަޝްރޫޢު
ގއ. ވިލިނގިލީގައި ޤުރުއާން މަރުކަޒެއް ތަރައްޤީކުރުމަށް އަފާމީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއާ ވަނީ ހަވާލުކޮށްފައެވެ. މި މަސައްކަތުގެ ދަށުން ކްލާސްރޫމްތަކާއި، ޙިފްޒް ކޮޓަރި އަދި އޮފީސް ޖާގަ ތަރައްޤީކުރާނެއެވެ. ހަމައެއާއެކު، ކ. ގުޅީގައި 500 މީހުންގެ ޖާގައިގެ މިސްކިތެއް އެޅުމަށްވެސް ވަނީ ހަމަ އެ ކުންފުންޏާ ހަވާލުކޮށްފައެވެ. މި މިސްކިތުގައި ފިރިހެނުންނާއި އަންހެނުންނަށް ވަކިން ނަމާދުކުރެވޭނެ އިންތިޒާމުގެ އިތުރުން ކްލާސްރޫމަކާއި ލައިބްރަރީއެއް ހިމެނެއެވެ.

ދީނީ ދާއިރާއިން ބޭނުންވާ ޢުމްރާނީ ވަސީލަތްތައް ތަރައްޤީކުރުމުގެ ގިނަ މަސައްކަތްތަކެއް ސަރުކާރުން ދަނީ ބާރުސްޕީޑުގައި ކުރިއަށްގެންދަމުންނެވެ. އިސްލާމިކް މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި، "މިއަހަރުގެ ރަމަޟާންމަހަށް ޖުމުލަ 15 މިސްކިތެއް ނިންމާ، ނަމާދުކުރަން ހުޅުވާލުމަށް" ދަނީ މަސައްކަތް ކުރަމުންނެވެ. މި މަޝްރޫޢުތަކުގެ ސަބަބުން ރަށްރަށުގެ ރައްޔިތުންނަށް ދީނީ ތަޢުލީމާއި އަޅުކަން ކުރުމުގައި ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450