Ads by Stelco

ޚަބަރު

މާލެއިން ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ދެމީހަކު ހައްޔަރުކޮށްފި

މާލެއިން ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ދެމީހަކު ހައްޔަރުކޮށްފި

މައްސަލައާ ގުޅިގެން ހައްޔަރުކުރި ދެމީހުން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

22 ޖެނުއަރީ 2026، 11:53

22 ޖެނުއަރީ 2026، 11:53

މާލޭގައި ފުލުހުން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ދެ މީހަކު ހައްޔަރުކޮށްފިއެވެ. މި އޮޕަރޭޝަނަކީ ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން މަސްތުވާތަކެތީގެ ވިޔަފާރި ހުއްޓުވުމަށް ކުރިއަށްގެންދިޔަ މަސައްކަތެކެވެ.

މި މަހުގެ 20 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަނުގައި، ކޯޓު އަމުރެއްގެ ދަށުން ގަލޮޅުގެ ގެއެއް ބަލައި ފާސްކޮށްފައިވެއެވެ. ފުލުހުން މަޢުލޫމާތު ދެއްވި ގޮތުގައި އެ ގެއިން ގިނަ އަދަދެއްގެ މަސްތުވާތަކެތީގެ އިތުރުން ގިނަ އަދަދެއްގެ ދިވެހި ފައިސާ ވެސް ވަނީ ފެނިފައެވެ.

ހައްޔަރުކުރި މީހުންގެ ތަފްސީލު
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ގއ. ވިލިނގިލި، ބުލާފަރުގެ، އުމުރުން 36 އަހަރުގެ އަމްޖަދު ރިޤާބް އާއި ށ. ނޫމަރާ، މޯނިންގސްޓަރ، އުމުރުން 28 އަހަރުގެ މުޙައްމަދު ނާއިފް އެވެ. ފުލުހުން ވިދާޅުވި ގޮތުގައި މި އޮޕަރޭޝަނުގައި އަތުލައިގަތް މަސްތުވާތަކެތީގެ ވަގުތީ ބަރުދަނަކީ 266.29 ގްރާމެވެ.

މި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އަމްޖަދު ރިޤާބް ފަސް ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ. އަދި މުޙައްމަދު ނާއިފްގެ މައްޗަށް ކޯޓުން އަމުރުކޮށްފައިވަނީ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށެވެ.

ކޯޓު އަމުރުގައި ބަޔާންކޮށްފައިވާ ގޮތުގައި މަސްތުވާތަކެތި ފެނިފައިވަނީ މި ދެ މީހުން ދިރިއުޅޭ ގެއިންނެވެ. މީގެ އިތުރުން، މި ދެ މީހުންނަކީ މީގެ ކުރިންވެސް މަސްތުވާތަކެތީގެ ވިޔަފާރިކުރި ކަމުގެ ތުހުމަތުގައި ދަޢުވާ އުފުލިފައިވާ ދެ މީހުންކަން ފުލުހުން ވަނީ ފާހަގަކުރައްވާފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450