Ads by Stelco

ޚަބަރު

ޢުމްރާގެ އަޅުކަމަށް ރާއްޖެއިން ގޮސްހުރި ދިވެއްސަކު ނިޔާވެއްޖެ

ޢުމްރާގެ އަޅުކަމަށް ރާއްޖެއިން ގޮސްހުރި ދިވެއްސަކު ނިޔާވެއްޖެ

ހދ. ވައިކަރަދޫ މުޙައްމަދު ޙަސަން ފޮޓޯ: ޕީއެސްއެމް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

24 ޖެނުއަރީ 2026، 04:01

24 ޖެނުއަރީ 2026، 04:01

ޢުމްރާގެ އަޅުކަމަށް ރާއްޖެއިން ގޮސްހުރި ދިވެއްސަކު ނިޔާވެއްޖެއެވެ.

ނިޔާވެފައިވަނީ ހދ. ވައިކަރަދޫ މުޙައްމަދު ޙަސަން އެވެ. އޭނާގެ އުމުރަކީ 86 އަހަރެވެ.

އޭނާ ނިޔާވެފައިވަނީ، މައްކާގެ އަލް ނޫރު ސްޕެޝަލިސްޓް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށެވެ. ބަލި ހާލަތު ހުރިގޮތުން އެ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދޭން ފެށީ، މިމަހުގެ 17 ވަނަ ދުވަހުއެވެ.

މުޙައްމަދު ޙަސަން ޢުމްރާގެ އަޅުކަމަށް ރާއްޖެއިން ފުރީ، މިމަހުގެ 9ވަނަ ދުވަހުއެވެ. އޭނާ ޢުމްރާގެ އަޅުކަން އަދާކުރަން ދިޔައީ، ޤިބްލަ ޙައްޖު އެންޑް ޢުމްރާ ގްރޫޕުންނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450