Ads by Stelco

ޚަބަރު

އެޗްޑީސީގެ މުވައްޒަފުން ލޭ ހަދިޔާކުރުމުގެ ޚާއްޞަ ކޭމްޕެއް މާދަމާ ބާއްވަނީ

އެޗްޑީސީގެ މުވައްޒަފުން ލޭ ހަދިޔާކުރުމުގެ ޚާއްޞަ ކޭމްޕެއް މާދަމާ ބާއްވަނީ

ލޭ ހަދިޔާކުރުން

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

25 ޖެނުއަރީ 2026، 03:29

25 ޖެނުއަރީ 2026، 03:29

ރާއްޖޭގެ ބްލަޑް ބޭންކުން ލޭ ހުސްވަމުންދާތީ، އެކަމަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މުވައްޒަފުން އިސްނަގައިގެން ލޭ ހަދިޔާކުރުމުގެ ޚާއްޞަ ހަރަކާތެއް ބޭއްވުމަށް ނިންމައިފިއެވެ.

މޯލްޑިވިއަން ބްލަޑް ސާވިސް (އެމްބީއެސް) އާއި އެޗްޑީސީ ގުޅިގެން ކުރިއަށްގެންދާ މި ބްލަޑް ޑޮނޭޝަން ކޭމްޕް ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމާއެވެ. މި ހަރަކާތަކީ ބްލަޑް ބޭންކުގައި ލޭ ރައްކާކުރެވިފައި ހުރި މިންވަރު ވަރަށް ބޮޑަށް ދަށްވެ، ވީހާވެސް އަވަހަކަށް ލޭ ހަދިޔާކުރުމަށް އެމްބީއެސްއިން ކޮށްފައިވާ އިލްތިމާސާ ގުޅިގެން ކުރިއަށްގެންދާ ކޭމްޕެކެވެ.

އެޗްޑީސީން ބުނިގޮތުގައި މި ކޭމްޕުގެ މައިގަނޑު މަގްސަދަކީ، ބްލަޑް ބޭންކަށް ލޭ ބޭނުންވެފައިވާ މި ދަނޑިވަޅުގައި އެ ކޯޕަރޭޝަނުގެ މުވައްޒަފުންގެ ފަރާތުން އިންސާނީ އެހީތެރިކަން ފޯރުކޮށްދީ، ލޭގެ ސްޓޮކް އިތުރުކުރުމަށް އެހީތެރިވެދިނުމެވެ. ޚާއްޞަކޮށް ތެލެސީމިއާ ކުދިންނަށާއި އެހެނިހެން ބަލިމީހުންނަށް ބޭނުންވާ ލޭ ހޯދުމުގައި މިހާރު ކުރިމަތިވެފައިވާ ދަތިތަކަށް މި ހަރަކާތުގެ ސަބަބުން ކޮންމެވެސް ވަރެއްގެ ލުޔެއް ލިބިގެންދާނެ ކަމަށް އެ ކޯޕަރޭޝަނުން އުންމީދު ކުރެއެވެ.

މި ކޭމްޕް ކުރިއަށްދާނީ އެމްބީއެސްގެ ފަންނީ އެހީތެރިކަމާއެކުގައެވެ. ބްލަޑް ބޭންކުން މީގެ ކުރިންވެސް ވަނީ ލޭ ހޯދުމުގައި ދިމާވާ ދަތިތައް ހައްލުކުރުމަށް ސަރުކާރުގެ އެކި މުއައްސަސާތަކާއި އަމިއްލަ ޖަމިއްޔާތަކުގެ އެހީތެރިކަމަށް އެދިފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450