ކުޅިވަރު

ކްލަބާމެދު ހިތްހަމަނުޖެހުމުން ރޮނާލްޑޯ މެޗު ސްކޮޑުން ބާކީކޮށްފި

ކްލަބާމެދު ހިތްހަމަނުޖެހުމުން ރޮނާލްޑޯ މެޗު ސްކޮޑުން ބާކީކޮށްފި

ރޮނާލްޑޯ ބާކީކުރީ ކްލަބުން ބޭނުންވެގެން ކަމެއް ނޫނީ އޭނާ އެދިގެންކަމެއް ޔަޤީނެއް ނުވޭ---

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

03 ފެބްރުއަރީ 2026، 08:56

03 ފެބްރުއަރީ 2026، 08:56

ސައުދީ ޕްރޮފެޝަނަލް ލީގުގެ އަލް ނަސްރަށް ކުޅެމުން އަންނަ ދުނިޔޭގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އެ ކްލަބާމެދު އުފެދުނު ހިތްހަމަނުޖެހުންތަކެއްގެ ސަބަބުން، ހޯމަ ދުވަހުގެރޭ އަލް ރިޔާދުއާ ދެކޮޅަށް ކުޅުނު މެޗުގެ ސްކޮޑުން އޭނާ ބާކީކޮށްފިއެވެ. ނަމަވެސް ސްކޮޑުން ބާކީކުރީ ކްލަބުން ބޭނުންވެގެންކަމެއް، ނޫނީ އޭނާ އަމިއްލައަށް ބޭނުންވެގެން ކަމެއް ކަށަވަރުވެފައެއް ނުވެއެވެ.  

ރިޕޯޓުތައް ބުނާގޮތުން، ރޮނާލްޑޯ ހިތްހަމަ ނުޖެހުނީ އެ ކްލަބު ހިންގަމުން އަންނަ، ސައުދީ އަރަބިއްޔާގެ ޕަބްލިކް އިންވެސްޓްމެންޓް ފަންޑު (ޕީއައިއެފް)އިން އެ ކްލަބަށް އަހައްމިއްޔަތުކަންދޭ މިންވަރު ކުޑަވުމުންނެވެ. 

ޕީއައިއެފްއިން އަންނަނީ ސައުދީ ލީގުގެ 4 ކްލަބެއް ހިންގަމުންނެވެ. އެއީ އަލް ނަސްރުގެ އިތުރުން، އަލް ހިލާލް، އަލް އަހްލީ އަދި އަލް އިއްތިހާދެވެ. ރޮނާލްޑޯ ހިތްހަމަ ނުޖެހުނީ، ޖެނުއަރީ "ޓްރާންސްފާރ ވިންޑޯ"ގައި އެހެން ކްލަބުތަކަށް ޚަރަދުކުރި މިންވަރަށް، އޭނާ ކުޅެމުން އަންނަ އަލް ނަސްރަށް ޚަރަދު ނުކުރުމުންކަމަށް ރިޕޯޓުތައް ބުނެއެވެ.

އެގޮތުން ކުޅުންތެރިން ހޯދުމުގައި އަލް ހިލާލްއިން ވަނީ ކާމިޔާބު މަސައްކަތްތަކެއް ކޮށްފައެވެ. އެ ކްލަބުން ވަނީ ކުރިން އާސެނަލްއަށް ކުޅުނު ޕަބްލޯ މަރީގެ އިތުރުން، ކަރީމް ބެންޒެމާ ވެސް އެ ޓީމަށް ގެންގޮސްފައެވެ. ބެންޒެމާއަށް އަލް އިއްތިހާދުން ދިޔައީ ހަފްތާއަކު 1.6 މިލިއަން ޕައުންޑުގެ މުސާރައެއް ދެމުންނެވެ. ނަމަވެސް އެ ކްލަބާއެކު ހަދާފައިވާ ކޮންޓްރެކްޓު އައުކުރުމަށް ހުށަހެޅިއިރު ހިތްހަމަ ނުޖެހޭ ބައެއް ކަންކަން ހުރުމުން، އޭނާ ނިންމީ ހިލާލްއާ ގުޅުމަށެވެ. 

ރޮނާލްޑޯގެ ހިތްހަމަ ނުޖެހުން ގުޅިފައިވަނީ، އޭނާ އަލް ނަސްރާއެކު ސައުދީ ލީގު ކާމިޔާބުކުރުމަށް ދެކެމުން އަންނަ ހުވަފެނާ ކަމުގައި ބެލެވެއެވެ. ރޮނާލްޑޯ ބަދަލުވި ފަހުން އަލް ނަސްރަށް ލީގު ކާމިޔާބު ކުރެވިފައެއް ނުވެއެވެ. އެގޮތުން އޭނާ އުއްމީދުކުރީ، މި ފަހަރު ޓީމު އިތުރަށް ވަރުގަދަކުރުމަށް ޕީއައިއެފްއިން ޚަރަދުކުރާނެ ކަމަށެވެ.

އަލް ނަސްރާއެކު ރޮނާލްޑޯ ކޮންޓްރެކްޓް އައުކުރީ މިދިޔަ ޖޫން މަހުއެވެ. އައު ކޮންޓްރެކްޓުގައިވާ ގޮތުން އޭނާއަށް އަހަރަކު 245 މިލިއަން ޑޮލަރު (ގާތްގަނޑަކަށް ދުވާލަކަށް ހަ ލައްކަ ވިހި ހާސް ޑޮލަރު)ގެ މުސާރައެއްގެ އިތުރުން، އިތުރު އިނާޔަތްތަކާއި، ކްލަބުގެ 15 އިންސައްތަ ޚިއްޞާ އާއި ޕްރައިވެޓް ޖެޓްގެ ޚިދުމަތް ވެސް ދޭނެއެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450