ވިޔަފާރި

ޓްރެޜަރީ ބޮންޑާއި ގުޅިގެން ޕެންޝަން ފަންޑުގައި ބޭރު ފައިސާގެ ރިޒާވެއް އުފެދިގެންދާނެ: ޕެންޝަން އޮފީސް

ޓްރެޜަރީ ބޮންޑާއި ގުޅިގެން ޕެންޝަން ފަންޑުގައި ބޭރު ފައިސާގެ ރިޒާވެއް އުފެދިގެންދާނެ: ޕެންޝަން އޮފީސް

މޯލްޑިވްސް ޕެންޝަން އޮފީސް ހުންނަ އިމާރާތް / ފޮޓޯ: މޯލްޑިވްސް ފައިނޭޝަލް ރިވިއު

farudhun logo

ފަރުދުން

04 ފެބްރުއަރީ 2026، 08:32

04 ފެބްރުއަރީ 2026، 08:32

2.4 ބިލިއަން ރުފިޔާގެ ޓްރެޜަރީ ބޮންޑާއި ގުޅިގެން ޕެންޝަން ފަންޑުގައި ބޭރު ފައިސާގެ ރިޒާވެއް އުފެދިގެންދާނެކަމަށް ޕެންޝަން އޮފީހުން ހާމަކޮށްފިއެވެ.

މިކަމާ ގުޅިގެން ޕެންޝަން އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ، މާލީ ވުޒާރާއިން ހުށަހަޅާފައި ވަނީ ދިވެހި ރުފިޔާ އާއި އެމެރިކާ ޑޮލަރުން ރިޓާން ލިބޭ 2.4 ބިލިއަން ރުފިޔާގެ ބޮންޑެއްގައި އިންސްޓްކުރުމަށް ކަމަށެވެ. އަދި މި އިންވެސްޓްމަންޓަށް ފައިސާ ހޯދަން ހުށަހަޅާފައި ވަނީ ޕެންޝަން ސްކީމުން މިހާތަނަށް އިންވެސްޓް ކޮށްފައިވާ ބޮންޑުތަކުގެ ތެރެއިން 2.4 ބިލިއަން ރުފިޔާގެ ބޮންޑު ސެކަންޑަރީ މާކެޓުގައި ވިއްކައިގެން ލިބޭ ފައިސާއިން ކަމަށް ވެސް އެ ބަޔާނުގައިވެއެވެ.

ޑުއަލް ކަރަންސީން ރިޓަރން ލިބޭ 2.4 ބިލިއަން ރުފިޔާގެ ޓްރެޜަރީ ބޮންޑުގައި އިންވެސްޓް ކުރުމަށް ޕެންޝަން އޮފީހުގެ ބޯޑުން ނިންމުމުގައި ގިނަ ކަންތައްތަކަށް ވަނީ ރިޢާޔަތް ކޮށްފައެވެ. އެކަމުގައި ހިމެނޭ މައިގަނޑު ކަންކަމަކީ:

  • ޑުއަލް ކަރަންސީ ބޮންޑު ގަތުމަށް ފައިނޭންސް ކުރުމަށް ސެކަންޑަރީ މާރކެޓުގައި ވިއްކާލަން ޖެހޭ ބޮންޑުތައް ޕެންޝަން ފަންޑަށް އެއްވެސް ގެއްލުމެއް ނުވާނެ ފަދަ ގޮތަކަށް ވިއްކާލުން
  • މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމުގެ ދުރު ރާސްތާގެ އިންވެސްޓްމަންޓް ސްޓެރެޓެޖީ ހެދުމުގައި ލިބިފައިވާ ކޮންސަލްޓަންޓުންގެ ލަފަޔާ އެއްގޮތަށް އިންވެސްޓްމަންޓްތައް ސިންދަފާތުކޮށް ފަންޑުގެ ވިލުންތެރިކަން ހަރުދަނާކުރުމުގެ ގޮތުން އިންވެސްޓްމަންޓުގެ ފައިދާ ޑޮލަރުން ލިބޭ ބޮންޑެއްގައި އިންވެސްޓް ކުރުން
  • އިންވެސްޓްކޮށްފައިވާ އެސެޓްތަކުގެ އެވަރެޖް ޑިއުރޭޝަން ދިގުކުރުން
  • ޕޯޓްފޯލިއޯ ރިޓާން އިތުރުކުރުން

ޕެންޝަން އޮފީހުން ބުނީ މި މުޢާމަލާތުގެ ސަބަބުން ބާޒާރުން ބޭރު ފައިސާ ގަންނަން ނުޖެހި އިންވެސްޓްމަންޓްގެ ތެރެއިން ޕެންޝަން ފަންޑުގައި ބޭރު ފައިސާގެ ރިޒާވެއް އުފެދިގެންދާނެ ކަމަށެވެ. އަދި ޕެންޝަން ފަންޑުން މިހާތަނަށް އިންވެސްޓް ކޮށްފައިވާ ޓްރެޜަރީ ބިލްތަކުގެ ތެރެއިން ބައެއް ދިގު މުއްދަތުގެ ޓްރެޜަޒީ ބޮންޑަށް ބަދަލުކުރުމުގެ ފުރުސަތު ލިބިގެން ދިއުމާއެކު ޕޯޓްފޯލިއޯ ރިޓާން ވެސް އިތުރުވެގެންދާނެ ކަމަށެވެ.

ޕެންޝަން އޮފީހުގެ ބަޔާނުގައި އިތުރަށް ބުނީ ޕެންޝަން އޮފީހުން މި މުޢާމަލާތުގެ އެންމެހާ މަސައްކަތްތައް ކުރިއަށް ގެންގޮސްފައިވަނީ ދިވެހިރާއްޖޭގެ ޕެންޝަނާއި ބެހޭ ޤާނޫނާއި އެ ޤާނޫނުގެ ދަށުން އެކުލަވައިލެވިފައިވާ ޤަވާއިދުތަކާއި އުސޫލުތަކާއި ޕެންޝަން އޮފީހުގެ ދުރު ރާސްތާ އިސްތިރާޖާއި އެއްގޮވާ ގޮތުގެ މަތީން ކަމަށެވެ.

ޕެންޝަން އޮފީހުގެ ބޯޑުން މި މުއާމަލާތް ހިންގަން ނިންމާފައި ވަނީ މިދިޔަ އޮކްޓޫބަރު މަހުގެ ފަހުކޮޅުއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450