ކުޅިވަރު

ޕާމާ ފުރަތަމަ ހާފުގައި ހެދި ހެޓްރިކާއެކު ޗެލްސީއިން ވޫލްވްސް ބަލިކޮށްފި

ޕާމާ ފުރަތަމަ ހާފުގައި ހެދި ހެޓްރިކާއެކު ޗެލްސީއިން ވޫލްވްސް ބަލިކޮށްފި

ކޯލް ޕާމާ---

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

08 ފެބްރުއަރީ 2026، 08:08

08 ފެބްރުއަރީ 2026، 08:08

އިންގްލިޝް ޕްރިމިއަރ ލީގުގައި ކޯލް ޕާމާ ފުރަތަމަ ހާފުގައި ހެދި ހެޓްރިކާއެކު ޗެލްސީއިން ރެލިގޭޝަން ޒޯންގައި އޮތް ވުލްވަރ ހެޕްޓަން ވޮންޑާރސް (ވޫލްވްސް) 3-1 އިން ބަލިކޮށްފިއެވެ.

މި މެޗުގައި ޗެލްސީއިން ލީޑު ނެގީ މެޗުގެ 13ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުންނެވެ. މިއީ ޒާއޯ ޕެޑްރޯއަށް އިދިކޮޅު އޭރިއާގެ ހާފްތެރެއިން ކުރި ފައުލަކަށް ލިބުނު ޕެނަލްޓީއެކެވެ.

މި މެޗުގައި ޕާމާ ޗެލްސީއަށް ކާމިޔާބުކޮށްދިން ދެވަނަ ގޯލަކީ ވެސް އެ ޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކުރި ގޯލެކެވެ. މިއީ ވެސް ފެޑްރޯއަށް ކުރި ފައުލަކަށް ލިބުނު ޕެނަލްޓީއެކެވެ.

ކޯލް ޕާމާ އޭނާގެ ހެޓްރިކް ފުރިހަމަކުރީ، އޭގެ ތިން މިނިޓު ފަހުން މެޗުގެ 38 ވަނަ މިނިޓުގައި މާކް ކުކުރެލާ އަރިމަތިން ނަގައިދިން ހުރަހެއް ގޯލުގެ ތެރެއަށް ފޮނުވާލައިގެނެނެވެ. 

ޕާމާ މި މެޗަށް މި ނިކުތީ ގިނަ ދުވަސްތަކެއް ވަންދެން ކުޅުމާއި ދުރުގައި ހުރުމަށްފަހުއެވެ. އަދި މި މެޗުގެ ގޯލުތަކާއެކު އޭނާއަށް މި ސީޒަންގައި މިހާތަނަށް ކާމިޔާބު ކުރެވިފައި ވަނީ 8 ގޯލެވެ. 

މި ނަތީޖާއާއެކު ޗެލްސީއަށް ވަނީ ލީގުގައި މިހާތަނަށް ކުޅުނު 25 މެޗުން 43 ޕޮއިންޓު ލިބިފަފައިވާއިރު އެ ޓީމު އޮތީ ތާވަލުގެ ފަސްވަނައިގައެވެ. ވޫލްވްސްއަށް 25 މެޗުން ލިބިފައިވާ 8 ޕޮއިންޓާއެކު އެ ޓީމު އޮތީ ތާވަލުގެ ފުލުގައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450