Ads by Stelco

ޚަބަރު

ދިއްދޫ ބިންހިއްކުމުގެ މަޝްރޫޢު: 70 އިންސައްތަ މަސައްކަތް ނިމިއްޖެ

ދިއްދޫ ބިންހިއްކުމުގެ މަޝްރޫޢު: 70 އިންސައްތަ މަސައްކަތް ނިމިއްޖެ

ހއ. ދިއްދޫ ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް ދަނީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

08 ފެބްރުއަރީ 2026، 11:04

08 ފެބްރުއަރީ 2026، 11:04

ހއ. ދިއްދޫގެ ބިންހިއްކުމުގެ މަޝްރޫޢުގެ މަސައްކަތްތައް ތާވަލާ އެއްގޮތަށް ކުރިއަށްދާއިރު، މިހާތަނަށް މުޅި މަޝްރޫޢުގެ 70 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް މަޢުލޫމާތު ލިބިއްޖެއެވެ.

މި މަޝްރޫޢުގެ ދަށުން މިހާތަނަށް ވަނީ 78 ހެކްޓަރުގެ ބިން ހިއްކާ ނިންމާފައެވެ.

މި މަޝްރޫޢުގެ ބިންހިއްކުމުގެ މަސައްކަތް ކުރިއަށްގެންދަނީ 46,000 ކިއުބިކް މީޓަރުގެ ކެޕޭސިޓީ ހުރި "LEIV EIRIKSSON" ނަމަކަށް ކިޔާ ޓްރެއިލިންގ ސަކްޝަން ހޮޕަރ ޑްރެޖަރު ބޭނުންކޮށްގެންނެވެ. މި ބޮޑު ޑްރެޖަރުގެ އެހީގައި ބިންހިއްކުމުގެ މަސައްކަތްތައް ބާރު ސްޕީޑެއްގައި ކުރިއަށްދާކަން ފާހަގަކުރެވެއެވެ.

ދިއްދޫ ބިންހިއްކުމުގެ މި ބިޔަ މަޝްރޫޢުގެ އަމަލީ މަސައްކަތް އެމް.އޭ.ސީ.އެލް (MACL) އިން ފަށާފައިވަނީ 5 ޖެނުއަރީ 2026 ގައެވެ. މި މަޝްރޫޢަކީ ދިއްދޫގެ ބިމުގެ ދަތިކަމަށް ހައްލެއް ހޯދައިދިނުމަށްޓަކައި ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަޝްރޫޢެކެވެ.

މަޝްރޫޢުގެ ބޮޑުބައި މިހާރު ނިމިފައިވާއިރު، ބާކީ ހުރި މަސައްކަތްތައްވެސް ކަނޑައެޅިފައިވާ މުއްދަތަށް ނިންމުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. މި މަޝްރޫޢު ނިމުމުން ދިއްދޫގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީއަށް ބޮޑެތި ފުރުޞަތުތަކެއް ހުޅުވިގެންދާނެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450