ކުޅިވަރު

ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ކުއާޓާ ފައިނަލްގެ މެޗުތައް މިރޭ

ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ކުއާޓާ ފައިނަލްގެ މެޗުތައް މިރޭ

ގޯލްޑަން ފުޓްސަލް ޗެލެންޖުގައި ނައިވާދޫ ކުޅުނު މެޗުގެ ތެރެއިން / ފޮޓޯ: އިމޭޖަސް.އެމްވީ

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

08 ފެބްރުއަރީ 2026، 01:09

08 ފެބްރުއަރީ 2026، 01:09

ރާއްޖޭގެ އެންމެ ގިނަ ބަޔަކު ޝާމިލްވާގޮތަށް ބާއްވަމުން އަންނަ ފުޓުސަލް މުބާރާތް، ގޯލްޑަން ފުޓްސަލް ޗެލެންޖު 2026ގެ ކުއާޓާ ފައިނަލްގެ މެޗުތައް މިރޭ އޮންނާނެއެވެ.

ރާއްޖޭގެ ކޮންމެ ރަށަކުން އަދި މާލޭގެ އަވަށްތަކުން އެންމެ ޓީމަކަށް ބައިވެރިވެވޭ ގޮތަށް ބާއްވާ މި މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދާފައިވަނީ ދުވާފަރު، އޭދަފުށި، ނައިވާދޫ، މަތިވެރި، ތިމަރަފުށި، ދެއްވަދޫ، ކުޑަހުވަދޫ އަދި ވިލިމާލެއެވެ.

ކުއާޓާ ފައިނަލްގެ މެޗުތައް ތާވަލުކޮށްފައިވާ ގޮތް:

ދުވާފަރާއި އޭދަފުށި – 20:00

ނައިވާދޫ އާއި މަތިވެރި – 20:00

ތިމަރަފުށި އާއި ދެއްވަދޫ – 22:00

ކުޑަހުވަދޫ އާއި ވިލިމާލެ – 22:00

ހުޅުމާލޭގެ ރެހެންދި ފުޓްސަލް ދަނޑުގައި ކުޅޭ މި ހުރިހާ މެޗެއްވެސް ފޯރިގަދަވާނެކަމަށް ބެލެވޭއިރު، އޭގެތެރެއިން އެންމެ ގިނަ ބަޔަކު ބަލާނެކަމަށް ބެލެވެނީ ތިމަރަފުއްޓާއި ދެއްވަދޫ ބައްދަލުކުރާ މެޗެވެ. އެއީ މި ދެ ޓީމުގައި ފުޓްސަލްގެ ތަރިން ހިމެނޭ މިންވަރު އިތުރުވުމުންނެވެ. މީގެ އިތުރުން ދެއްވަދޫގައި ޤައުމީ ފިޓްސަލް ޓީމަށް ކުޅުނު 3 ކުޅުންތެރިން ވެސް ހިމެނެއެވެ. އަދި ތިމަރަފުށީގެ އަފްލާޒްއަކީ އެންމެ ފަހުން ބޭއްވި ކްލަބް މޯލްޑިވްސް ކަޕްގެ ކިންގް އޮފް ދަ ޓޯނަމެންޓެވެ.

މުބާރާތުގެ މިހާހިސާބަށް އައިއިރު އެންމެ ގިނަ ގޯލު ޖަހާފައިވަނީ ކަނޑިތީމުގެ ރައުލް ނިޔާޒްއެވެ. އޭނާ ވަނީ 13 ގޯލު ކާމިޔާބުކޮށްފައެވެ. ނަމަވެސް ގަދަ-16އިން އެ ޓީމަށް ޖެހުނީ މުބާރާތަށް އަލްވަދާއު ކިޔާށެވެ. އަދި މިހާތަނަށް ނުކަޓާ ޓީމުތަކުގެ ތެރެއިން އެންމެ ގިނަ ގޯލު ކާމިޔާބުކޮށްފައި ވަނީ މަތިވެރީގެ އަލީ އަލްސަން އާއި ނައިވާދޫގެ މުޙައްމަދު އަސްލަމްގެ އިތުރުން، ހަމަ އެ ޓީމުގެ އަބްދުالله ވިސާމްއެވެ. މި ކޮންމެ ކުޅުންތެރިއަކު ވަނީ 8 ގޯލު ކާމިޔާބުކޮށްފައެވެ.

މުބާރާތުގެ މިހާތަނަށް އެންމެ އެޓޭކިން ރަނގަޅު ޓީމަކަށް ފެނިފައި ވަނީ ނައިވާދޫއެވެ. އެ ޓީމުން ވަނީ 33 ގޯލު ކާމިޔާބުކޮށްފައެވެ. 

އަދި ތަފާސްހިސާބަށް ބަލާއިރު އެންމެ ޑިފެންސް ރަނގަޅު ޓީމަކީ އޭދަފުއްޓެވެ. އެ ޓީމުގެ ކޮޅަށް މިހާތަނަށް ކުޅުނު 8 މެޗުން ވަދެފައިވަނީ 5 ގޯލެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450