ޚަބަރު
ހުޅުމާލޭގެ ދެ ސަރަޙައްދަކުން މިއަދު ކަރަންޓު ކެނޑިދާނެ: ސްޓެލްކޯ
ހުޅުމާލޭގެ މަގުމަތި---
ފަރުދުން
12 ފެބްރުއަރީ 2026، 11:57
12 ފެބްރުއަރީ 2026، 11:57
ޚިދުމަތުގެ ފެނަވރު ރަނގަޅުކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން މުހިންމު މަސައްކަތްތަކެއް ކުރުމަށްޓަކައި މިއަދު ހުޅުމާލޭގެ ދެ ސަރަޙައްދަކުން ކަރަންޓު ކެނޑިދާނެކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ)އިން ހާމަކޮށްފިއެވެ.
އެގޮތުން މި މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ މެންދުރުފަހު 2:00 އާއި 4:00އާ ދެމެދުކަމަށް އެ ކުންފުނިން ހާމަކުރެއެވެ.
ހުޅުމާލޭގައި މަސައްކަތްކުރުމަށް ހަމަޖެހިފައިވަނީ ފުރަތަމަ ފިޔަވަހި، ރަބަރުގަސް މަގު ގޯޅި 8 އަދި 9 ހިމެނޭ ސަރަޙައްދުގައެވެ.
މިކުންފުނީގެ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމަށްޓަކައި، ޚިދުމަތް ކޮންމެހެން މެދުކަނޑާލައިގެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށް މާލެ ސިޓީ، ހުޅުމާލެ ފުރަތަމަ ފިޔަވަހި، ރަބަރުގަސް މަގު ގޯޅި 8 އަދި 9 ހިމެނޭ ސަރަޙައްދުން 12 ފެބުރުވަރީ 2026 ވާ ބުރާސްފަތި ދުވަހުގެ (މިއަދު)… pic.twitter.com/7xO3uC91xs
— STELCO (@STELCOMALDIVES) February 12, 2026
ކަރަންޓުގެ ޚިދުމަތް މެދުކެނޑެނީ، ކުންފުނިން ކަރަންޓުގެ ވިއުގަ އިތުރަށް ހަރުދަނާކޮށް، ޒަމާނީ ކުރުމަށް ކުރިއަށް ގެންދާ މަސައްކަތްތަކުގެ ތެރެއިން، ޚިދުމަތް ކޮންމެހެން މެދުކަނޑާލައިގެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށް ކަމަށް ސްޓެލްކޯއިން ބުނެއެވެ.