ވިޔަފާރި

އީޓުކުރި "ލޯކަލް ރަމަޟާން ޕްރޮމޯ 2026"ގެ ނަމުގައި ޚާއްޞަ ޕްރޮމޯޝަނެއް ފަށައިފި

އީޓުކުރި "ލޯކަލް ރަމަޟާން ޕްރޮމޯ 2026"ގެ ނަމުގައި ޚާއްޞަ ޕްރޮމޯޝަނެއް ފަށައިފި

އީޓުކުރި "ލޯކަލް ރަމަޟާން ޕްރޮމޯ 2026" ފަށައިފި---

farudhun logo

ފަރުދުން

15 ފެބްރުއަރީ 2026، 12:44

15 ފެބްރުއަރީ 2026، 12:44

އީޓުކުރި ޕްލެޓްފޯމުން ދިވެހި އުފެއްދުންތަކާއި ރާއްޖޭގެ ކުދި ވިޔަފާރިތަކަށް އަމާޒުކޮށްގެން "ލޯކަލް ރަމަޟާން ޕްރޮމޯ 2026" ގެ ނަމުގައި ޚާއްޞަ ޕްރޮމޯޝަނެއް ފަށައިފިއެވެ.

މި ޕްރޮމޯޝަން ކުރިއަށް ދަނީ 18 ޖަނަވަރީ 2026 އިން ފެށިގެން 18 ފެބުރުވަރީ 2026 ގެ ނިޔަލަށެވެ.

މި ޕްރޮމޯޝަނަކީ ކުރިއަށް އޮތް ބަރަކާތްތެރި ރަމަޟާން މަހަށް ބޭނުންވާ ތަކެތި ކަސްޓަމަރުންނަށް ފަސޭހަކަމާއެކު އެއްތަނަކުން ގަތުމުގެ ފުރުޞަތު ފަހިކޮށްދިނުމަށް ފަރުމާކޮށްފައިވާ ހަރަކާތެކެވެ. މީގެ މައިގަނޑު މަޤުސަދަކީ ދިވެހި އުފެއްދުންތަކަށް ކަސްޓަމަރުންގެ މެދުގައި ލޯބިޖެއްސުމާއި، ރާއްޖޭގެ ކުދި ވިޔަފާރިތައް ކުރިއެރުވުމަށް އެހީތެރިވުމެވެ.

މި ޕްރޮމޯޝަނުގެ ދަށުން ރަމަޟާން މަހަށް ބޭނުންވާ ތަފާތު ގިނަ ބާވަތްތައް އީޓުކުރި ޕްލެޓްފޯމުން ލިބެން ހުންނާނެއެވެ. އޭގެ ތެރޭގައި ހިމެނެނީ:

  • އަންނައުނު އަދި ނަމާދުކުރާ ތަކެތި: އަބާޔާ، ޝޯލް/ބުރުގާ އަދި މުސައްލަ
  • ގޭތެރެއާއި ބަދިގެއަށް ބޭނުންވާ ސާމާނު: ބަދިގެ ސާމާނާއި ގޭތެރެ ޒީނަތްތެރިކުރުމަށް ބޭނުންކުރާ ތަކެތި
  • ސެންޓު: ތަފާތު މީރުވަސްދުވާ ސެންޓުތައް
  • ފޮތް: ދީނީ ފޮތްތަކާއި ކުޑަކުދިންނަށް ޚާއްޞަ ފޮތްތައް
  • ދިވެހި އުފެއްދުންތައް: ރާއްޖޭގެ ސަގާފީ ކާބޯތަކެތީގެ އުފެއްދުންތައް ކަމަށްވާ ކުޅިރޮށި، ތެލުލިފަތް، ފޮނިރޮށި، މުރުމުރު އަދި ކުދި ގުޅަ

އިނާމު ހޯދުމުގެ ފުރުޞަތު

ޕްރޮމޯޝަންގެ މުއްދަތުގައި ވިޔަފާރިކުރާ ފަރާތްތަކުގެ މެދުގައި ގުރުއަތެއް ނެގުމަށް ވަނީ ހަމަޖެހިފައެވެ. މި ގުރުއަތުން ހޮވޭ ނަސީބުވެރި ފަރާތަކަށް 2000 ރުފިޔާގެ އީޓުކުރި ލޯކަލްގެ ގިފްޓް ވައުޗަރއެއް ލިބޭނެއެވެ.

މީގެ އިތުރުން، ސޯޝަލް މީޑިއާ މެދުވެރިކޮށްވެސް އިނާމު ހޯދުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ. އެގޮތުން އީޓުކުރި ލޯކަލްގެ އިންސްޓަގްރާމް އަދި ފޭސްބުކް ޕޭޖަށް ފޮލޯކޮށް، ޕްރޮމޯޝަންގެ ޕޯސްޓަށް ލައިކް، ޝެއާ އަދި ކޮމެންޓް ކުރާ ފަރާތްތަކުގެ ތެރެއިން ހޮވޭ ފަރާތަކަށް "އެވޯން" ބްރޭންޑުގެ ތަށި ސެޓެއް ލިބުމުގެ ފުރުޞަތު އޮންނާނެއެވެ.

އީޓުކުރިން ބުނި ގޮތުގައި މި ކެމްޕޭނުގެ އުންމީދަކީ އެންމެން ގުޅިގެން ބަރަކާތްތެރި ރަމަޟާން މަހުގެ އުފާވެރިކަން ފާހަގަކޮށް، ދިވެހި އުފެއްދުންތަކަށް އޮތް ތަރުޙީބު އިތުރުވެގެން ދިއުމެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450