ކޮލަމް

ރަމަޟާން މަހުގެ ހާރުގަޑީގައި ކެއުމަށް ޞިއްޙަތަށް ފައިދާހުރި 5 ކާނާއެއް

ރަމަޟާން މަހުގެ ހާރުގަޑީގައި ކެއުމަށް ޞިއްޙަތަށް ފައިދާހުރި 5 ކާނާއެއް

މި ރަމަޟާން މަހުގެ ހާރުގަޑީގައި ކެއުމަށް ޞިއްޙަތަށް ފައިދާހުރި 5 ކާނާއެއް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

15 ފެބްރުއަރީ 2026، 07:36

15 ފެބްރުއަރީ 2026، 07:36

ބަރަކާތްތެރި ރަމަޟާން މަހުގެ ދުވަސްތަކުގައި، ރޯދައަށް ހުންނަ ވަގުތު ހަށިގަނޑަށް ބޭނުންވާ ހަކަތަ ފޯރުކޮށްދިނުމުގައި ހާރުގަޑީގެ ކެއުން މުހިންމު ދައުރެއް އަދާކުރެއެވެ. 

 ހާރުގަޑީގެ ކެއުމަކީ ހަމައެކަނި މީރު ކެއުމަކަށް ހެދުމުގެ ބަދަލުގައި، ހަށިގަނޑަށް ބޭނުންވާ މުހިންމު ވިޓަމިންތަކާއި މިނަރަލްސް އިން މުއްސަނދިވެފައިވާ ކެއުމަކަށް ހެދުމަށްޓަކައި ހޮވާލެވިފައިވާ ބައެއް ބާވަތްތަކަށް މިލޔުމުގައި ބަލާލާނަމެވެ.

ހާރުގަޑީގައި ކެއުމަށް އެންމެ އެކަށީގެންވާ، ފައިދާހުރި 5 ކާނާއަކަށް ތިރީގައި މިވަނީއެވެ.

 އޯޓްސް 

 އޯޓްސް އަކީ ހާރުގަޑީގައި ކެއުމަށް ވަރަށް ރަނގަޅު "ސުޕަރފުޑް" އެކެވެ. މިއީ މުޅި ދުވަހު ހަށިގަނޑަށް ބޭނުންވާ ހަކަތަ އެއްވަރެއްގައި ހިފަހައްޓައިދޭ އެއްޗެކެވެ. ފައިބަރުން މުއްސަނދި މި ކާނާގެ ސަބަބުން ބަނޑުހައިވިޔަނުދީ ގިނައިރު ހިފަހައްޓައިދެއެވެ. އޯޓްސް ތައްޔާރުކުރާއިރު ތިމާ އެންމެ ގަޔާވާ މޭވާއާއި، ނަޓްސް އަދި ކުޑަ މާމުއިކޮޅެއް އަޅައިގެން މީރު އަދި ފައިދާހުރި ގޮތަކަށް ހާރުގަޑީގެ ކެއުން ފެއްޓިދާނެއެވެ.

 ކުކުޅާއި މަސް

ހަށިގަނޑުގެ ހަކަތަ ހިފެހެއްޓުމަށްޓަކައި ހާރުގެ ކެއުމުގައި ކުކުޅު ނުވަތަ މަސް ފަދަ ލީން ޕްރޮޓީން (lean proteins) ހިމަނާށެވެ. މިއީ މަސްތަކުގެ ދުޅަހެޔޮކަން ދަމަހައްޓައިދީ، ހަށިގަނޑަށް ބޭނުންވާ އެމިނޯ އެސިޑް ފޯރުކޮށްދޭ ބާވަތްތަކެކެވެ. ކުކުޅާއެކު ތަރުކާރީ ބޭނުންކުރެވިދާނެއެވެ. އަދި ކަނޑުމަހުގެ ބާވަތްތަކަށް ލޯބިކުރާނަމަ ސާޑިންސް ފަދަ ބާވަތްތައް އިޚްތިޔާރު ކުރެވިދާނެއެވެ. ރޯދައަށް ހުންނަ ވަގުތު ފެން ބުއިން މަނާކަމުން، ދުވާލު ވަގުތު ކަރުހިއްކުން މެދުވެރިވާ ފަދަ ކާނާގެ ކޮމްބިނޭޝަންތަކުން ދުރުހެލިވާށެވެ.

 ބިސް

ބިހަކީ ހާރުގަޑަށް ބޭނުންވާ ގިނަގުނަ ނިއުޓްރިއެންޓްސް އެކުލެވޭ ބާވަތެކެވެ. މިއީ މަތީ ފެންވަރުގެ ޕްރޮޓީން އާއި ވިޓަމިން ލިބިދޭ މުހިންމު މަސްދަރެކެވެ. ބިސް ތަފާތު ގޮތްގޮތަށް ތައްޔާރުކުރެވިދާނެއެވެ. އޭގެ ތެރޭގައި ފެނުކެއްކި ބިސް، ސްކްރެމްބަލްޑް އެގް ނުވަތަ އޮމްލެޓް ހިމެނެއެވެ. ބިހާއެކު ތަރުކާރީ ބޭނުންކޮށްގެން ނުވަތަ ކޫވިންގްސް ސްލޯ ޖޫސަރުން ތައްޔާރުކޮށްފައިވާ ތާޒާ ޖޫސް ތައްޓަކާއެކު ހާރުގަޑު އިތުރަށް ފުރިހަމަކޮށްލެވިދާނެއެވެ.

 މޭވާއާއި ތަރުކާރީ

 މޭވާއާއި ތަރުކާރީއަކީ ހާރުގަޑީގައި ކޮންމެހެން ހިމަނަންޖެހޭ ބާވަތްތަކެކެވެ. މިއީ ހަށިގަނޑަށް ބޭނުންވާ ވިޓަމިންސް، މިނަރަލްސް އަދި އެންޓިއޮކްސިޑެންޓްސް ފޯރުކޮށްދޭ ތަކެއްޗެވެ. ތަފާތު މޭވާތައް ބޭނުންކޮށްގެން ކުލަގަދަ ފްރުޓް ސަލަޑެއް ތައްޔާރުކުރެވިދާނެއެވެ. ނުވަތަ  ތިމާ އެންމެ ގަޔާވާ ތަރުކާރީ ނުވަތަ މޭވާގެ ސްމޫތީއެއް ތައްޔާރުކޮށްލެވިދާނެއެވެ. މިއީ ރޯދައަށް ހުންނަ ވަގުތު ތާޒާކަންމަތީ ހުރުމަށް އެހީތެރިވެދޭނެ ކަމެކެވެ.

ނަޓްސް

ނަޓްސް އަކީ ހާރުގަޑީގައި ބޭނުންކުރަން ފަސޭހަ، އަދި ނިއުޓްރިއެންޓްސް އިން މުއްސަނދި ބާވަތެކެވެ. މީގައި ޞިއްޙަތަށް ފައިދާހުރި ފެޓްސް، ޕްރޮޓީން އަދި ފައިބަރު އެކުލެވިގެންވެއެވެ. މީގެ ސަބަބުން ގިނައިރު ބަނޑުފުރިފައި ހުންނަ ކަމުގެ އިހުސާސް ކޮށްދެއެވެ. އަލްމަންޑް، ވޯލްނަޓް އަދި ޕިސްޓާޗިއޯ ފަދަ ބާވަތްތައް ހުހަށް ނުވަތަ އޯޓްސް، ޔޯގަޓް ނުވަތަ ސަލަޑްގެ ތެރެއަށް އަޅައިގެން ބޭނުންކުރެވިދާނެއެވެ.

ފައިދާހުރި ކާނާ އެކުލެވޭހެން ހާރުގަޑީގެ ކެއުން ތައްޔާރުކުރުމަކީ ދުވާލު ރޯދައަށް ހުންނައިރު ކުރަން ޖެހޭ އަޅުކަންތަކާ، ދުނިޔޭގެ ދިރިއުޅުމަށްޓަކާ އަދާ ކުރަން ޖެހޭ ވާޖިބުތައް އެކަމުގެ އެންމެ ފުރިހަމަ ގޮތުގައި އަދާ ކުރުމަށް އެހީތެރިވެދޭނެ ކަމެކެވެ. ރަމަޟާން މަހަކީ މުސްލިމުންގެ ކިބައިން އަދަޔާ ޚިލާފު މުރާލިކަމާއި ތަޒާކަން ދައްކުވައިދޭންވާނެ މަހެކެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450