ކުޅިވަރު

ރޯދަ ވީއްލަން ވަގުތު ދިނުމުގެ ގޮތުން މި އަހަރު ވެސް ޕްރިމިއާރ ލީގު މެޗުތައް މެދުކަނޑާލާނެ

ރޯދަ ވީއްލަން ވަގުތު ދިނުމުގެ ގޮތުން މި އަހަރު ވެސް ޕްރިމިއާރ ލީގު މެޗުތައް މެދުކަނޑާލާނެ

މުސްލިމް ކުޅުންތެރިން ރޯދަ ވީއްލުމަށް މެދުކަނޑާލައިފި---

farudhun logo

ފަރުދުން

17 ފެބްރުއަރީ 2026، 07:39

17 ފެބްރުއަރީ 2026، 07:39

މުސްލިމް ކުޅުންތެރިން ރޯދަ ވީއްލަން ވަގުތު ދިނުމުގެ ގޮތުން، އިރުއޮއްސޭ ވަގުތާ ދިމާވާގޮތަށް ކުޅޭ އިނގިރޭސި ޕްރިމިއާރ ލީގު މެޗުތައް، ކުޅުންތެރިން ރޯދަ ވީއްލުމަށް މެދުކަނޑާލާނެކަން ޕްރިމިއަރ ލީގުން ހާމަކޮށްފިއެވެ.

މި ބަދަލަކީ ޤަވާއިދަށް ބަދަލުގެނަސް 2021 ވަނަ އަހަރުން ފެށިގެން އެ ލީގުން ކުރަމުންއަންނަ ކަމެކެވެ. 

އިނގިރޭސި ޕްރިމިއާ ލީގުގައި މި ފަހަރު ރޯދަ ވީއްލާ ވަގުތާއި ދިމާވާނީ އިނގިރޭސިވިލާތުގެ ގަޑިން 16:30 އާއި 17:30 ގައި ފެށުމަށް ހަމަޖެހިފައިވާ މެޗުތަކުގައެވެ. މި މެޗުތައް ފެށުމުގެ ކުރިން ޓީމުތަކުގެ ކެޕްޓަނުންނާއި ވާހަކަ ދެއްކުމަށްފަހު ރޯދަ ވީއްލާ ވަގުތުތަކަށް މެޗުތައް މެދުކަނޑާލާނެކަން އަންގާނެއެވެ.

ރޯދަ ވީއްލުމަށް ކުޅުންތެރިންނަށް ފުރުސަތު ދިނުމުގެ ގޮތުން ޕްރިމިއާ ލީގުގައި އެންމެ ފުރަތަމަ މެދު ކަނޑާލާފައިވަނީ ލީގުގައި 2021 ވަނަ އަހަރު ލެސްޓަރ ސިޓީ އާއި ކްރިސްޓަލް ޕެލަސް ބައްދަލުކުރި މެޗުގައެވެ. އެ މެޗުގައި ލެސްޓަރ ސިޓީގައި މުސްލިމް ދެ ކުޅުންތެރިން ތިއްބެވެ.

ޕްރިމިއަރ ލީގުގައި ކުޅޭ މުސްލިމް ކުޅުންތެރިންގެ އަދަދު ގިނަވުމާއެކު، ގިނަ ކްލަބުތަކުން އެ ކްލަބުތަކުގެ ފަރިތަކުރުންތައް ވެސް ތާވަލުކުރަނީ އެ ކުޅުންތެރިންނަށް އުނދަގޫ ނުވާނެގޮތަށް ބަލައިގެންނެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450