ކުޅިވަރު

ޗެމްޕިއަންސް ލީގު: ޕީއެސްޖީއިން ފަހަތުން އަރާ ރަށުން ބޭރުގައި މޮނާކޯ ބަލިކޮށްފި

ޗެމްޕިއަންސް ލީގު: ޕީއެސްޖީއިން ފަހަތުން އަރާ ރަށުން ބޭރުގައި މޮނާކޯ ބަލިކޮށްފި

ޕީއެސްޖީގެ ގޯލަށްފަހު އުފާފާޅުކުރަނީ---

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

18 ފެބްރުއަރީ 2026، 01:20

18 ފެބްރުއަރީ 2026، 01:20

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ޕްލޭއޮފްގައި، މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ޕެރިސް ސެއިންޓް ޖަމެއިން (ޕީއެސްޖީ)އިން ފަހަތުން އަރައި މޮނާކޯ ބަލިކޮށްފިއެވެ.

ފްރާންސްއަށް ނިސްބަތްވާ ދެ ކްލަބުގެ މި ކުރުމަތިލުން މޮނާކޯގައި ކުރިޔަށްދިޔައިރު، މި މެޗުގައި އެ ޓީމުން 2 ގޯލުގެ ލީޑެއް ނަގާފައިވަނިކޮށް ޕީއެސްޖީއިން މެޗު ކާމިޔާބުކުރީ 3-2އިންނެވެ.

މޮނާކޯއިން ލީޑު ނެގީ މެޗުގެ ފުރަތަމަ މިނެޓުގައި އެ ޓީމުގެ ފޯވާޑް، ފްލޯރިއަން ބެލޯގަން ކާމިޔާބުކުރި ގޯލުންނެވެ. އަދި އޭނާ ވަނީ މެޗުގެ18ވަނަ މިނެޓުގައި އެ ޓީމުގެ ލީޑު ފުޅާކޮށްދީފައެވެ.

މޮނާކޯ އިން ދެ ލަނޑުގެ ލީޑެއް ނެގިތާ ހަތަރު މިނިޓު ފަހުން ޕީއެސްޖީއަށް ވަނީ ލަނޑު ޖަހަން ރަގަޅު ފުރުސަތެއް ލިބިފައެވެ. އެގޮތުން އެ ޓީމަށް ލިބުނު ޕެނަލްޓީ ކެޕްޓަން ވިޓީނިއާ ފޮނުވާލިއިރު މޮނާކޯގެ ގޯލުކީޕަރު ވަނީ މަތަކޮށްފައެވެ.

ނަމަވެސް ފުރަތަމަ ހާފު ނިމުމުގެކުރިން ޕީއެސްޖީއިން ވަނީ މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. އެއީ ޑެސީރޭ ޑުއާ 29ވަނަ މިނެޓުގައި ކާމިޔާބުކުރި ގޯލަކުންނާއި ހާފު ނިމެން 4 މިނެޓަށްވެފައި ވަނިކޮށް އަޝްރަފް ހަކީމީ ކާޏިޔާބުކުރި ގޯލަކުންނެވެ.

މި މެޗުގެ ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ތިންވަނަ މިނިޓުގައި މޮނާކޯ އަށް މައްސަލަތަކާއި ކުރިމަތިލާން ޖެހުނީ އެ ޓީމުގެ އެލެކްޒެންޑާރ ގޮލޮވިން އަށް ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލުމާއި ގުޅިގެންނެވެ.

ޕީއެސްޖީ މި މެޗުން މޮޅުވި ގޯލު މެޗުގެ 67 ވަނަ މިނިޓުގައި އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ޑެޒީރޭ ޑުއާއެވެ. މިއީ އޭނާ މި ސީޒަނުގެ ޗެމްޕިއަންސް ލީގުގައި ޖެހި ހަތަރުވަނަ ލަނޑެވެ.

ޗެމްޕިއަންސް ލީގުގެ ޕްލޭއޮފް މެޗެއް މިރޭ ވެސް ކުޅޭނެއެވެ. އެ މެޗުގައި ބައްދަލުކުރާނީ ގަރަބަގް އެފްކޭ އާއި ނިއުކާސްލް ޔުނައިޓެޑެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450