Ads by PNC

ޚަބަރު

ށ. މާއުނގޫދު ޞިއްޙީ މަރުކަޒުގެ އައު އިމާރާތުގެ ފައުންޑޭޝަން އެޅުމުގެ މަސައްކަތް ފަށައިފި

ށ. މާއުނގޫދު ޞިއްޙީ މަރުކަޒުގެ އައު އިމާރާތުގެ ފައުންޑޭޝަން އެޅުމުގެ މަސައްކަތް ފަށައިފި

މަޝްރޫޢުގެ އަދާހަމަ/ފޮޓޯ: އެމްޓީސީސީ

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

24 ފެބްރުއަރީ 2026، 02:37

24 ފެބްރުއަރީ 2026، 02:37

ށ. މާއުނގޫދު ޞިއްޙީ މަރުކަޒުގެ އައު އިމާރާތުގެ ފައުންޑޭޝަން އެޅުމުގެ މަސައްކަތް  މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ފަށައިފި އެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އިން މިއަދު ވިދާޅުވީ، މާއުނގޫދު ޞިއްޙީ މަރުކަޒަށް އައު އިމާރާތެއް އިތުރު ކުރުމުގެ މަޝްރޫޢުގެ ދަށުން ފައުންޑޭޝަން ފުޓިންގެ މަސައްކަތް މިހާރު އެއްކޮށް ނިމިފައިވާ ކަމަށެވެ. އަދި އެއަށްފަހު  މި މަޝްރޫޢުގެ ދަށުން މިހާރު ކުރިއަށްދަނީ ފައުންޑޭޝަން ބީމްސްގެ ކޮންކްރީޓްގެ މަސައްކަތް ކަމަށް އެ ކުންފުނިން ވަނީ ވިދާޅުވެފައެވެ.

މި މަޝްރޫޢުގެ މަސައްކަތް އެއްކޮށް ނިމުމާއެކު، މާއުނގޫދު ޞިއްޙީ މަރުކަޒު 24 ގަޑިއިރު ޚިދުމަތްދޭ މަރުކަޒަކަށް ބަދަލުކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މީގެ ކުރިން ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން، މި އައު އިމާރާތް ނިމުމާއެކު، އެރަށުގެ ރައްޔިތުންނަށް ބޮޑެތި ފައިދާތަކެއް ވާނެ ކަމަށާއި، މިހާރަށް ވުރެ ފުރިހަމަ ޞިއްޙީ ޚިދުމަތެއް  ރައްޔިތުންނަށް ލިބޭނެކަން ފާހަގަކޮށްލެވެއެވެ.

މި މަޝްރޫޢަކީ 27،219،325.40 ރުފިޔާއަށް 360 ދުވަސް ތެރޭގައި ނިންމުމަށް އެމްޓީސީސީއާ ހަވާލު ކުރެވިފައިވާ މަޝްރޫޢެއްކަން ފާހަގަކޮށްލެވެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450