Ads by PNC

ޚަބަރު

ދެ އިންތިޚާބު އެއްދުވަހެއްގައި ބޭއްވުމުން ތަރައްޤީއަށް އޮތް ހުރަސްތައް މަދުކުރެވޭނެ: ވަޒީރު ނާޒިމް

ދެ އިންތިޚާބު އެއްދުވަހެއްގައި ބޭއްވުމުން ތަރައްޤީއަށް އޮތް ހުރަސްތައް މަދުކުރެވޭނެ: ވަޒީރު ނާޒިމް

ޞިއްޙީ ވަޒީރު އަބްދުالله ނާޒިމް އިބްރާހިމް ޕީއެންސީގެ ޕްރެސްކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަނީ / ފޮޓޯ: ޕީއެންސީ

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

01 މާރިޗު 2026، 01:46

01 މާރިޗު 2026، 01:46

ތަރައްޤީވަމުން އަންނަ ޤައުމުތަކުގައި ތަރައްޤީއަށް އޮތް އެންމެ ބޮޑު ހުރަހަކީ ސިޔާސީ ހަލަބޮލިކަން އެތަންތަނުގައި އިތުރުވެފައި އޮތް އޮތުންކަމަށާއި، ޤައުމުގެ އިދާރީ ހިންގުން އިސްލާޙުކޮށް، ދެ އިންތިޚާބު އެއްދުވަހެއްގައި ބޭއްވުމަކީ ތަރައްޤީއަށް އޮތް ހުރަސްތައް މަދުކުރެވޭނެ ކަމެއްކަމުގައި ޞިއްޙީ ވަޒީރު އަބްދުالله ނާޒިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ވަޒީރު މިފަދައިން ވިދާޅުވީ، ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުންނެވެ.

ވަޒީރު ވިދާޅުވީ، ސިޔާސީ ހަލަބޮލިކަން ނައްތާލުމަށް މި ގެނެވޭ އިސްލާޙަކީ، ޤައުމު ބިނާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އަޅުއްވާ ވަރަށް މުހިންމު ފިޔަވަޅެއްކަމުގައެވެ. އެގޮތުން ރައީސް އަބަދުވެސް ވިދާޅުވަމުން ގެންދަވަނީ އެ މަނިކުފާނު ހުންނެވީ ރައްޔިތުންގެ ފަޅީގައި ކަމަށާއި، އެހެންކަމުން މިފަދަ ބޮޑު ނިންމުމެއްގައި ރައްޔިތުން ޝާމިލްކޮށް ރައީސް މަސައްކަތްކުރައްވަމުން އެ ގެންދަވަނީ، 2040ވަނަ އަހަރު އަންނަންވާއިރަށް ދިވެހިރާއްޖެއަކީ ތަރައްޤީވެފައި އޮތް ޤައުމަކަށް ހެއްދެވުމަށްކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.

މި މަޢުޟޫގައި އެ މަނިކުފާނު އިތުރަށް ވިދާޅުވީ، ސިޔާސީ ގޮތުން އޮތް ހަލަބޮލިކަން ނައްތާލައިގެން މެނުވީ، ތަރައްޤީވަމުން އަންނަ ޤައުމުތަކަށް ކުރިއެރުމެއް ލިބިފައި ނެތްކަމީ، ދުނިޔޭގެ ޚަޤީޤަތެއް ކަމަށެވެ. އަދި އިންތިޚާބު ގިނަވުމަކީ ތަރައްޤީވުމާ ގުޅިފައި އޮތްކަމެއް ނޫންކަމަށާއި، ނަމަވެސް އިންތިޚާބުތައް ގިނަވުމަކީ ސިޔާސީ ހަލަބޮލިކަން އިތުރުވެ، ތަރައްޤީއަށް އޮތް ގޮންޖެހުމެއްކަން ހާމަވެފައިވާކަމަށެވެ.

ދުނިޔޭގެ އެއްވެސް ދިރާސާއަކުން ފެންނާކަށް ނެތް، އިންތިޚާބު ގިނަވުމަކީ ތަރައްޤީއާ ގުޅިފަ އޮތް ކަމެއްކަމަކަށް. އެއާ ޚިލާފަށް، ފެންނަން އޮތް ހަޤީޤަތަކީ، ޚާއްޞަކޮށް ތަރައްޤީވަމުން އަންނަ ޤައުމުތަކުގައި، އިންތިޚާބުތައް ގިނަވެ، ސިޔާސީ ހަލަނޮލިކަން އިތުރުވެ، ޤަވަނެންސް އެސްޓަބްލިޝް ކުރަން ހިނގާ ވަގުތު، ގަވަރނިންއަށް ހިނގާ ވަގުތަށް ވުރެ ގިނަ ވުމުގެ ނަތީޖާއަކަށް ވަނީ ޑިވެލޮޕްމެންޓަށް އެތައްއެތަށް ގޮންޖެހުންތަކެއް ކުރިމަތިވުން. 

ވަޒީރު ނާޒިމް ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޤައުމުގެ ވެރިކަމަށް ވަޑައިގެންނެވީ ޤައުމު ބިނާކުރެއްވުމުގެ ވަރަށް މުހިންމު ސިޔާސަތުތަކެއް ހިއްޕަވައިގެން ކަމަށާއި، އެގޮތުން ތަރައްޤީ އާއި ހަމަޖެހުމާއި ރައްކާތެރިކަމަކީ އެ މަނިކުފާނުގެ މުހިންމު ސިޔާސަތުތަކެއް ކަމުގައެވެ.

އަދި އަންނާން އޮތް ޖީލުތަކަށް ޤައުމު ވާސިލްކޮށްދިނުމުގައި މިޝްރާބު ރަނގަޅު ކުރެވޭނީ، އިންފްރާސްޓްރަކްޗަރ އާއި އިޤުތިޞާދުގެ އިތުރުން، ދައުލަތް ހިންގުމުގެ ނިޒާމުގައި ހުރި މައްސަލަތައް ވެސް ޙައްލުކޮށްގެންކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.

ޤައުމިއްޔަތެއް ބިނާކުރުމަށް މި ކުރެވޭ މަސައްކަތުގައި އަޅުގަނޑުމެންގެ އިންފްރާސްޓްރަކްޗަރ އާއި އަޅުގަނޑުމެންގެ އިޤުތިޞާދު ނެގެހެއްޓުމާއި، މިކަމުގެ އިތުރުން އަޅުގަނޑުމެންގެ ޤަވަނެންސް ނިޒާމުގައި ހުރި އިޝޫތައް ޙައްލުކޮށްގެން މެނުވީ ދިވެހިރާއްޖެ އަންނަ އޮތް ޖީލުގައި، ދާން އޮތް މިޝްރާބަށް ނުގެންދެވުމަކީ އަޅުގަނޑުމެން އެންމެން ޤަބޫލުކުރާ ހަޤީޤަތެއް.

ވަޒީރު ވިދާޅުވިއެވެ.

ޕީއެންސީގެ ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ޕީޖީ ލީޑަރު ވާހަކަފުޅު ދައްކަވަނީ / ފޮޓޯ: ޕީއެންސީ


މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއެންސީއަށް ނިސްބަތްވާ، ރައްޔިތުންގެ މަޖިލީގުގެ މެންބަރުންގެ އިތުރުން، ކެބިނެޓް މިނިސްޓަރުންނާއި ޕާޓީގެ ލިޑަރޝިޕުން ވަނީ ދެ އިންތިޚާބު އެއްދުވަހެއްގައި ބޭއްވުމުގެ މުހިންމުކަމަށް އަލިއަޅުވާލައި، އެ ގޮތް މި ޤައުމަށް މުހިންމުވާ ގިނަ ސަބަބުތަކަކަށް އަލިއަޅުވާލައްވާ ވާހަކަފުޅު ދައްކަވާފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450