ކުޅިވަރު

ފުރަތަމަ ފަހަރަށް ޓީ-ޓްވެންޓީ ކްރިކެޓް ވޯލްޑް ކަޕް ދިފާއުކުރި ޤައުމަކަށް އިންޑިއާ

ފުރަތަމަ ފަހަރަށް ޓީ-ޓްވެންޓީ ކްރިކެޓް ވޯލްޑް ކަޕް ދިފާއުކުރި ޤައުމަކަށް އިންޑިއާ

އިންޑިއާއިން ޓީ-ޓްވެންޓީ ވޯލްޑް ކަޕް ކާމިޔާބުކުރުން / ފޮޓޯ: އޭޕީ

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

09 މާރިޗު 2026، 11:35

09 މާރިޗު 2026، 11:35

ނިއު ޒީލޭންޑް ބަލިކޮށް އިންޑިއާއިން ޖެހިޖެހިގެން ދެވަނަ ފަހަރަށް ޓީ-ޓްވެންޓީ ކްރިކެޓް ވޯލްޑް ކަޕް ކާމިޔާބުކޮށް، މި މުބާރާތް ދިފާއުކުރި ހަމައެކަނި ޤައުމުގެ ޝަރަފު ހޯދައިފިއެވެ.

އިންޑިޔާގެ އަހުމަދު އާބާދުގެ ނަރެންދްރާ މޯޑީ ސްޓޭޑިއަމްގައި ކުޅުނު ފައިނަލް މެޗު އިންޑިއާއިން ކާމިޔާބުކުރީ 96 ލަނޑުން ނިއު ޒީލެންޑު ބަލިކޮށްގެންނެވެ.

މެޗުގެ ޓޮސް ދިމާވުމުން ނިއު ޒިލޭންޑުން ގަސްތުކުރީ ހޮވުމަށެވެ. އެގޮތުން އިންޑިޔާއިން ކުޅެން އަރާ 20 އޯވަރުގެ ތެރޭގައި ފަސް ކުޅުންތެރިން ނުބައިވެގެން ވަނީ 255 ލަނޑު ހަދާފައެވެ.

ބެޓިންގައި އިންޑިއާ ޓީމުން އެންމެ ފާހަގަކޮށްލެވުނީ ސަންޖޫ ސެމްސަން އާއި އިޝާން ކިޝާންއެވެ. އެގޮތުން ސަންޖޫ ވަނީ 46 ބޯޅައިން 89 ލަނޑު ހަދާފައެވެ. އަދި އިޝާން ވަނީ 25 ބޯޅައިން 54 ލަނޑު ހަދާފައެވެ.

ނިއު ޒީލޭންޑުން ކުޅެން އަރައި 19 އޯވަރުގެ ތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދިފައިވަނީ 159 ލަނޑެވެ. އެ ޓީމުން އެންމެ ރަގަޅަށް ކުޅެފައިވަނީ 26 ބޯޅައިން 52 ލަނޑު ހެދި ސޭފަރޓް އާއި 35 ބޯޅައިން 43 ލަނޑު ހެދި ސެންޓްނަރއެވެ.

ޓީ-ޓްވެންޓީ ވޯލްޑް ކަޕްގެ އިތުރުން އިންޑިއާއިން ވަނީ 2025 ވަނަ އަހަރު ބޭއްވި ޗެމްޕިއަންސް ޓްރޮފީވެސް ކާމިޔާބުކޮށްފައެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450