ކުޅިވަރު

ބްރެޒިލްގައި ކުޅުނު ފައިނަލެއްގައި ހިނގި ހަމަނުޖެހުންތަކަކާ ގުޅިގެން 23 ރަތް ކާޑު ދައްކައިފި

ބްރެޒިލްގައި ކުޅުނު ފައިނަލެއްގައި ހިނގި ހަމަނުޖެހުންތަކަކާ ގުޅިގެން 23 ރަތް ކާޑު ދައްކައިފި

މެޗުގައި ހިނގި ހަމަނުޖެހުމުގެ ތެރެއިން---

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

10 މާރިޗު 2026، 12:36

10 މާރިޗު 2026، 12:36

ބްރެޒިލްގައި ކުޅޭ ސަރަޙައްދީ މުބާރާތެއް ކަމުގައިވާ، ކަމްޕިއަނާޓޯ މިނޭރޯގެ ފައިނަލް މެޗުގައި ހިނގި ހަމަނުޖެހުންތަކުގެ ނަތީޖާއެއްގެ ގޮތުން 23 ކުޅުންތެރިއަކަށް ރަތް ކާޑު ދައްކައިފިއެވެ.

ބެލޯ ހޮރިޒޯންޓޭގައި މިދިޔަ އާދީއްތަ ދުވަހު، ކްރުޒޭރޯ އާއި އެތުލެޓިކޯ މިނޭރޯ ބައްދަލުކުރި މެޗުގެ އިތުރު ވަގުތުގައި މި ހާދިސާ ހިނގަން މެދުވެރިވީ، އެތުލެޓިކޯގެ ގޯލަށް ކްރުޒޭރޯގެ ކުޅުންތެރިއަކު ފޮނުވާލި ހަމަލާއެއް އެ ޓީމުގެ ގޯލްކީޕަރު އެވަސަން ދިފާއުކުރަން އުޅެނިކޮށް، އެ ބޯޅަ ހޯދުމަށް ދުވަމުން ދިޔަ ކްރުޒޭރޯގެ މެދުތެރެއަށް ކުޅޭ ކްރިސްޓިއަން ގޮސް އޭނާގެ ގައިގައި ޖެހުމުންނެވެ.  

އެވަސަން ވަނީ ބޯޅަ ދިފާއުކުރުމަށްފަހު ތެދުވިގޮތަށް ކްރިސްޓިއަންއަށް ހަމަލާދީ ވައްޓާލުމަށްފަހު، އޭނާގެ މޫނަށް ކަކުލުން އަރާފައެވެ. ދަނޑުމަތީގެ މަސްރަހު ގޯސްވީ އެ ހިސާބުންނެވެ. އޭރު 1-0އިން ކުރީގައި އޮތީ ކްރުޒޭރޯއެވެ. 

ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި، ދެ ޓީމުގެ ބެންޗުގައި ތިބި ކުޅުންތެރިންނާއި އޮފިޝަލުން ވެސް ވަނީ ދަނޑަށް އަރައި ހަމަނުޖެހުމުގައި ބައިވެރިވެފައެވެ. އެގޮތުން ކްރުޒޭރޯގެ 12 ކުޅުންތެރިއަކަށާއި އެތުލެޓިކޯގެ 11 ކުޅުންތެރިއަކަށް ވަނީ ރަތް ކާޑު ދައްކާފައެވެ.



މި ހަމަނުޖެހުން ހުއްޓުވީ އެ ޤައުމުގެ މިލިޓަރީ ސިފައިން ދަނޑަށް އަރައިގެންނެވެ. 

މެޗަށްފަހު ބްރެޒިލްގެ ޤައުމީ ޓީމުގެ ކުރީގެ ކުޅުންތެރިޔާ ހަލްކް ވަނީ އޭނާއަށް އެ ހަމަނުޖެހުންތަކުގައި ބައިވެރިވެވިފައިވާތީ އެކަމަށް މާފަށް އެދިފައެވެ. އޭނާ ބުނީ ފުޓުބޯޅަ މެޗެއްގައި އެފަދަ ހަމަނުޖެހުމެއް ހިނގިތަނެއް މީގެކުރިން އޭނާއަށް ފެނިފައި ނުވާކަމަށެވެ. އަދި މިއީ ހިނގައިގެން ނުވާނެ ހާދިސާއެއްކަމަށް އޭނާ ވަނީ ފާހަގަކޮށްފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450