Ads by PNC

ޚަބަރު

ޢީދު ދުވަހު ސަލްޓަން ޕާކު ހުޅުވަނީ

ޢީދު ދުވަހު ސަލްޓަން ޕާކު ހުޅުވަނީ

ސަލްޓަން ޕާކު

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

10 މާރިޗު 2026، 10:11

10 މާރިޗު 2026، 10:11

މަރާމާތަށްފަހު މި އަހަރުގެ ފިތުރު ޢީދާ ދިމާކޮށް ސަލްޓަން ޕާކު އަލުން ހުޅުވައި، ތައްޔާރުވަމުން އަންނަކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ވިދާޅުވެއްޖެއެވެ.

މަރާމާތުގެ މަސައްކަތްތަކަށް ސަލްޓަން ޕާކުގެ އިތުރުން ޖުމްހޫރީ މައިދާނާއި ސުނާމީ ބިނާ ސަރަޙައްދު ބަންދުކޮށް، ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް ފަށާފައިވަނީ މިދިޔަ އޮގަސްޓު މަހުގެ ތެރޭގައެވެ. ކުރިން މި ތަންތަން ހުޅުވުމަށް އީދު ފަހަށް ތާވަލުކުރެވިފައި އޮތް ނަމަވެސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ އެ ތަންތަނުގެ މަސައްކަތް ޢީދު ދުވަހުގެ ނިޔަލަށް ނިންމުމަށް އިރުޝާދު ދެއްވާފައެވެ.

އެމްއެންޑީއެފުން ވިދާޅުވި ގޮތުގައި، ޢީދު ހަވީރުގެ ހަރަކާތްތައް ސަލްޓަން ޕާކުގައިވެސް ކުރިއަށްދާނެއެވެ. މި ހަރަކާތްތައް ކުރިއަށްދާނީ ޢީދު ދުވަހުން ފެށިގެން ތިން ދުވަހުގެ މުއްދަތަށް، ކޮންމެ ދުވަހެއްގެ ހަވީރު 16:00 އިން 18:00 އަށެވެ.

މި އަހަރުގެ ޢީދު ހަވީރުގެ ތެރެއިން ސިޓީތަކާބެހޭ ވުޒާރާ އާއި ދައުލަތުގެ އެކި މުއައްސަސާތަކާއި ވިޔަފާރި ކުންފުނިތަކުން ތައްޔާރުކުރާ ޚާއްސަ ސްޓޯލްތަކެއް ފެނިގެންދާނެއެވެ. މި ސްޓޯލްތަކުގައި ތަފާތު އެކި ގޭމްތަކާއި ކުޅިވަރު ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

މި ހަރަކާތްތައް އިންތިޒާމުކޮށްފައިވަނީ ތަފާތު ތީމުތަކަށް، އާންމުންނަށް ތަފާތު ތަޖުރިބާތަކެއް ކުރެވޭނެހެންނެވެ. ވަކިން ޚާއްސަކޮށް ކުޑަކުދިން ގަޔާވާނެފަދަ އެކިކަހަލަ ހަރަކާތްތައް މި ސްޓޯލްތަކުގައި ހިމެނޭނެކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450