ޚަބަރު
ދ.ބަނޑިދޫއަށް ކޮޅިގަނޑެއް އަރައި ގެއެއްގެ ބަދިގޭ ފުރާޅު އެއްލާލައިފި
ދ.ބަނޑިދޫގެ މަތިން ނަގާފައިވާ ފޯޓޯއެއް.
ހުލާސާ
ދ.ބަނޑިދޫއަށް މިއަދު ހެނދުނު ކޮޅިގަނޑެއް އަރައި ގެއެއްގެ ބަދިގޭ ފުރާޅު އެއްލާލައިފައިވާ ކަމަށް އެންޑީއެމްއޭ އިން ބުނެފިއެވެ.
ރާއްޖެއަށް މިއަދު ކުރަމުންދާ ވިއްސާރައާއި ގުޅިގެން މިރޭ އެންޑީއެމް އިން ނެރުނު އެންމެ ފަހުގެ އަދާހަމަތަކުގައި ބުނެފައިވަނީ މިއަދު ހެނދުނު ދ.ބަނޑިދޫއަށް އައި ކޮޅިގަނޑެއްގައި ގެއެއްގެ ބަދިގޭ ފުރާޅުން ބައެއް އެއްލާލައިފައިވާ ކަމަށެވެ.
އަދި ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ބަދިގެތެރެ ފެންބޮޑުވެ ހިފާގެންގުޅޭ ތަކެއްޗަށް ގެއްލުންވެފައިވާ ކަމަށެެވެ. މީގެއިތުިރުން މިހާދިސާގައި ބަދިގޭގެ ފުރާޅަށް ލިބުނު ގެއްލުމާ ގުޅިގެން ބަދިގެ ބޭނުންކުރުމަށް ވަގުތު ނަގާނެތީ، އެގޭގައި ދިރިއުޅޭ 7 މީހުންނަށް ބޭނުންވާ އެހީތެރިކަން އެރަށު ކައުންސިލް މެދުވެރިކޮށް ފޯރުކޮށްދެވިފައިވާ ކަމަށެވެ.
އަދި މިކޮޅިގަނޑުގައި އެއް ގެއެއްގެ ފުރާޅުން އެއްބައި ޓިނުތައް އެއްލާލައިފައިވާ ކަމަށާއި މިހާދިސާގައި ޓިނުތައް އެއްލާލައިގެން ގޮސްފައިވަނީ އެގޭގެ ތަކެތި ރައްކާކުރުމަށް ބަހައްޓާފައި ހުންނަ ކޮޓަރިއެއްގެ ކަމަށާއި އެގޭގެ ފުރާޅު މަރާމާތު ކުރުމުގެ މަސައްކަތް ދަނީ ކުރިއަށް ކަމަށެވެ.
މީގެއިތުރުން ދ.ބަނޑިދޫގެ އެކި ހިސާބުތަކުން ގަސްތައް ވެއްޓިގެންވެސް ރިޕޯޓު ކޮށްފައިވާ ކަމަށް އެންޑީއެމްއޭ އިން ބުނެފައިވެއެވެ.
ހަމަމިއާއި އެކު ސ.ފޭދޫއަށް މިއަދު ކުރި ވިއްސާރައިގައި ގެއެއްގެ ފުރާޅަށް ގެއްލުންވެ ސީލިންގ އަށް ފެންއެޅުމުގެ ސަބަބުން ސީލިންގ ވެއްޓިފައިވާ ކަމަށެވެ. މިހާދިސާއާއި ގުޅިގެން އެގޭގެ ފުރާޅު މަރާމާތު ކުރުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށްވެސް އެންޑީއެމްއޭ އިން ވަނީ ބުނެފައެވެ.