ކުޅިވަރު

ލީގުގައި ބާކީ 7 މެޗު އޮއްވައި އާސެނަލް 9 ޕޮއިންޓުގެ ލީޑެއް ހޯދައިފި

ލީގުގައި ބާކީ 7 މެޗު އޮއްވައި އާސެނަލް 9 ޕޮއިންޓުގެ ލީޑެއް ހޯދައިފި

މެކްސް ޑޯމަންގެ ގޯލަށް ފަހު އޭނާ އުފާފާޅުކުރަނީ ---

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

15 މާރިޗު 2026، 02:11

15 މާރިޗު 2026، 02:11

އިނގިރޭސި ޕްރިމިއާރ ލީގުގެ އެންމެ ކުރީގައި އޮތް އާސެނަލްއިން ބާކީ 7 މެޗު އޮއްވައި 9 ޕޮއިންޓުގެ ލީޑެއް ހޯދައިފިއެވެ. 

އާސެނަލްއަށް ކުރިން ލިބިފައި އޮތް 7 ޕޮއިންޓުގެ ލީޑު ފުޅާ ކުރެވުނީ، ހޮނިހިރު ދުވަހުގެރޭ އެ ޓީމުން އެވަޓަން 2-0އިން ބަލިކުރިއިރު، ދެވަނައިގައި އޮތް މެންޗެސްޓަރ ސިޓީ އާއި ވެސްޓް ހޭމް ޔުނައިޓެޑު ބައްދަލުކުރި މެޗު 1-1 އިން އެއްވަރުވުމުންނެވެ.

ލަންޑަނުގެ އެމިރޭޓްސް ސްޓޭޑިއަމްގައި އާސެނަލްއިން އެވަޓަން ބައްދަލުކުރި މެޗުގައި ދެ ޓީމުގެ ފަރާތުން ވެސް ފެނުނީ ވަރަށް ވާދަވެރި ކުޅުމެކެވެ.

އެގޮތުން މެޗުގެ އެންމެ ފަހު ވަގުތާ ހަމައަށް ވެސް ބެލެވުނީ މެޗު އެއްވަރުވެގެން ނިމޭނެކަމަށެވެ. ނަމަވެސް އާސެނަލް ވަނީ ވިކްޓަރ ޔޮކެރޭޒްގެ ގޯލަކުން މެޗުގެ ފުރިހަމަ ވަގުތު ހަމަވުމަށް މިނެޓެއް އޮއްވައި ލީޑު ނަގާފައެވެ. 

އާސެނަލް އިން މި މެޗުގައި ޖެހި ދެވަނަ ލަނޑަކީ މެޗުގެ އިންޖަރީ ވަގުތުގެ ހަތްވަނަ މިނިޓުގައި މެކްސް ޑޯމަން ކާމިޔާބުކޮށްދިފައިވާ ލަނޑެކެވެ. މި ލަނޑާއެކު އޭނާ ވެފައިވަނީ ޕްރިމިއާ ލީގުގެ ތާރީޚުގައިވެސް ލަނޑެއް ޖެހި އެންމެ ޒުވާން ކުޅުންތެރިޔާއަށެވެ.

ލީގުގައި މެންޗެސްޓަރ ސިޓީ ކުރަމުންދާ މަސައްކަތަށް ހުރަށް އެޅުނީ، އެ ޓީމަށް ބަނާޑޯ ސިލްވާ 31 ވަނަ މިނެޓުގައި ކާމިޔާބު ކުރި ގޯލަކާއެކު ވެސްޓް ހޭމްއާ ދެކޮޅަށް ހޮނިހިރު ދުވަހުގެރޭ ލީޑު ނަގާފައި ވަނިކޮށް، އޭގެ 4 މިނެޓު ފަހުން ކޮންސްޓެންޓިނޯސް މަވްރޮޕަނޯސް ވެސްޓް ހޭމްއަށް ނަތީޖާ ހަމަހަމަކޮށްދިނުމުންނެވެ. 

މި ނަތީޖާ އާއިއެކު އާސެނަލްއަށް ވަނީ ލީގުގައި މިހާތަނަށް ކުޅުނު 31 މެޗުން 70 ޕޮއިންޓު ލިބިފައެވެ. ދެވަނައިގައި އޮތް މެންޗެސްޓަރ ސިޓީ އަށް ލިބިފައިވަނީ 61 ޕޮއިންޓެވެ. އެހެންކަމުން ކުރިޔަށް އޮތް 7 މެޗުން 13 ޕޮއިންޓު ހޯދައިފިނަމަ އާސެނަލްއަށް ލީގު ކަށަވަރު ވާނެއެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450