Ads by PNC

ޚަބަރު

ހޯރަފުށީގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި

ހޯރަފުށީގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި

ހޯރަފުށީގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކުރުން / ފޮޓޯ: އިމާރާތްކުރުމާ ބެހޭ ވިޒާރާ

farudhun logo

ފަރުދުން

20 މާރިޗު 2026، 05:16

20 މާރިޗު 2026، 05:16

ހއ. ހޯރަފުށީގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ އިތުރުން، އެ ރަށު މަގު ހެދުމުގެ ތިންވަނަ ފިޔަވަހީގެ މަސައްކަތް، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ)އާ ހަވާލުކޮށްފިއެވެ.

މި ދެ އެއްބަސްވުމުގައި އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ޕާމަނަންޓް ސެކްރެޓަރީ މުޙައްމަދު ޝާމިލްއެވެ. އަދި އެމް.ޓީ.ސީ.ސީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ ޗީފް އޮޕަރޭޓިންގ އޮފިސަރ ހަސަން ނައުފަލް ނާސިރުއެވެ.

ހޯރަފުށީ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 199.6 މިލިޔަން ރުފިޔާއަށް 330 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ.



އަދި އެ ރަށު މަގުހެދުމުގެ ތިންވަނަ ފިޔަވަހީގެ މަސައްކަތް ހަވާލުކުރީ 44.1 މިލިއަން ރުފިޔާއަށެވެ. އެ މަސައްކަތް 360 ދުވަހުގެ ތެރޭގައި ނިންމަން ޖެހެއެވެ.

ހޯރަފުށީ ބިން ހިއްކުމުގެ މަސައްކަތުގެ ދަށުން 25.07 ހެކްޓަރު ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. އަދި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތުގެ ތެރޭގައި 580މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށިޖެހުމާއި، 270މީޓަރު ސަރަހައްދެއްގައި ގްރޮއިން ޖެހުމާއި، 1496 މީޓަރު ސަރަޙައްދެއްގައި ބައޮސްވޭލް ޖެހުމުގެ މަސައްކަތް ހިމެނެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450