ކުޅިވަރު

ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރާ ރާއްޖޭގެ ޤައުމީ ޓީމު ނަސަންދުރައިގައި ކޭމްޕްކޮށްފި

ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރާ ރާއްޖޭގެ ޤައުމީ ޓީމު ނަސަންދުރައިގައި ކޭމްޕްކޮށްފި

ރާއްޖޭގެ ޤައުމީ ޓީމު ނަސަންދުރައިގައި ކޭމްޕްކުރުން / ފޮޓޯ: ޕީއެސްއެމް

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

22 މާރިޗު 2026، 10:15

22 މާރިޗު 2026، 10:15

20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރާ ދިވެހި ޤައުމީ ފުޓުބޯޅަ ޓީމު ބާސެލޯ ނަސަންދުރައިގައި ކޭމްޕްކޮށްފިއެވެ.

ރާއްޖޭގައި މި މަހުގެ 23ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި ވާދަކުރާ އެހެން ބައެއް ޤައުމުތައް ވެސް މިހާރު ވަނީ ރާއްޖެއަށް އައިސް، ނަސަންދުރައިގައި ކޭމްޕްކޮށްފައެވެ. 

އެގޮތުން ސްރީ ލަންކާ، ބަންގްލަދޭޝް، ނޭޕާލް އަދި ބޫޓާންގެ ޤައުމީ ޓީމު ވަނީ މިހާރު ރާއްޖެއަށް އައިސްފައެވެ. އަދި މިހާތަނަށް ރާއްޖެ އައިސްފައި ނުވަނީ އިންޑިއާގެ ޤައުމީ ޓީމު އެކަންޏެވެ. އެ ޓީމު އައުމަށް ހަމަޖެހިފައި ވަނީ މާދަމާއެވެ.

ސާފް ޗެމްޕިއަންޝިޕް މާދަމާ ފެށުމަށް ހަމަޖެހިފައިވާއިރު، ފުރަތަމަ މެޗުގައި ހަވީރު ބައްދަލުކުރާނީ ނޭޕާލް އާއި ބޫޓާންއެވެ. އަދި ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ މާދަމާ ރޭ، ސްރީ ލަންކާއާ ދެކޮޅަށެވެ. 

ޖުމްލަ 7 ޓީމަކުން ވާދަކުރާ މި މުބާރާތުގައި ރާއްޖެ ހިމެނެނީ ގްރޫޕް-އޭ ގައެވެ. މި ގްރޫޕްގައި ދެން ހިމެނެނީ ލަންކާގެ އިތުރުން ނޭޕާލް އާއި ބޫޓާންއެވެ.

ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އިން ވަނީ މުބާރާތުގެ މެޗުތަކުގެ ޓިކެޓު ވެސް މިހާރު ވިއްކަން ފަށާފައެވެ. އެގޮތުން ސިޑިބަރީގެ ޓިކެޓެއްގެ އަގަކީ 15 ރުފިޔާއެވެ. އަދި ގޮނޑިބަރީގެ ޓިކެޓެއްގެ އަގަކީ 25 ރުފިޔާއެވެ.

މި މުބާރާތުގައި ވާދަކުރާ ރާއްޖޭގެ ޓީމުގެ ކޯޗަކީ، އިސްޓަވާން އުރުބާނީއެވެ. އެސިސްޓެންޓް ކޯޗަކީ އަހުމަދު ޝާކިރު (ޝާކިއްޓެ) އެވެ. އަދި ގޯލް ކީޕަރު ޓްރޭނަރަކީ އިމްރާން މުހައްމަދެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450