ކުޅިވަރު
ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރާ 20 އަހަރުން ދަށުގެ ޤައުމީ ސްކޮޑު އިޢުލާންކޮށްފި
ދިވެހި ޒުވާން ޓީމް ފަރިތަކުރަނީ / ފޮތޯ: ޕީއެސްއެމް
20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރާ ދިވެހި ޤައުމީ ސްކޮޑު އިޢުލާންކޮށްފިއެވެ.
ޤައުމީ ސްކޮޑު މިއަދު އިޢުލާންކުރިއިރު، ދިވެހި ލީގުގައި ކުޅެފައިވާ ގިނަ ކުޅުންތެރިންތަކެއް އެ ސްކޮޑުގައި ހިމެނެއެވެ.
ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އިން ވަނީ މި ޓީމަށް މޮޅެތި ކުޅުންތެރިން ހޯދުމުގެ ގޮތުން، ފެބްރުއަރީ އެއްވަނަ ދުވަހު އާންމުކޮށް ހުޅުވާލައިގެން ޓްރަޔަލްއެއް ބާއްވާފައެވެ.
މީގެ އިތުރުން މިދިޔަ މަހު އެފްއޭއެމްއިން ބޭއްވި ޑައިމަންޑް ޖުބިލީ 19 އަހަރުން ދަށުގެ މުބާރާތުން ކުޅުންތެރިން ހޯދުމަށް ވެސް އެފްއޭއެމްގެ ޓެކްނިކަލް ޓީމުން ވަނީ އަހައްމިއްޔަތުކަން ދީފައެވެ.
ޒުވާން ސްކޮޑުގައި ފުރަތަމަ 25 ކުޅުންތެރިން ހިމެނުނު ނަމަވެސް، ފައިނަލް ސްކޮޑުގައި ހިމެނެނީ 23 ކުޅުންތެރިންނެވެ. އަދި ޓީމުގެ ކެޕްޓަނަކީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށް ކުޅެމުން އަންނަ މުޙައްމަދު އިލާން އިމްރާންއެވެ.
ފައިނަލް ސްކޮޑުގައި ހިމެނޭ ކުޅުންތެރިން:
- ޒަހްރާން ޙަސަން ޒިޔާދު
- މުޙައްމަދު ލާމިހް އިމްތިޔާޒް
- މުޙައްމަދު ޖޫދު އިސްމާއިލް
- އަލްޙާން ފައިސަލް އަމީން
- މުޙައްމަދު ނައިސަމް ނަދީމް
- އަޙްމަދު އަކްމަލް ނިޒާމް
- ނާޝިއު އަޙްމަދު ޝިޔާމް
- އަޙްޒަމް ރަޝީދު
- މުޙައްމަދު އިލާން އިމްރާން (ކެޕްޓަން)
- އީތަން އިބްރާޙީމް ޒަކީ
- ނައްސާހް އިބްރާޙީމް ނާސިރު
- އަނޫފް އަބްދުﷲ
- އަޙްމަދު މިކްޔަލް މުއީން
- އޭދަން އަޙްމަދު މޫސާ
- އަލީ ހައިޒޫމް ޙައްސާން
- އަޙްމަދު އަފްނާން އަލީ
- މުޙައްމަދު ޝމްޙާން
- ޝައިމަން ރަޝާދު
- އައިދު މުޙައްމަދު ޖަވީޒް
- ޙަސަން ޤައިސް މުޙައްމަދު
- އަޙްމަދު ހަމީސް އަރީފް
- މުޙައްމަދު މާއިލް މޫސާ
- ޔޫސުފް އަޔާން އާމިރު
ސާފް ޗެމްޕިއަންޝިޕްގައި ދިވެހި ޒުވާން ޓީމަށް އިރުޝާދު ދޭނީ، ޤައުމީ ސީނިއަރ ޓީމުގެ ވެސް ކޯޗު، އިސްޓަވާން އުރްބާނީއެވެ.
ޖުމްލަ 7 ޓީމާއެކު ކުރިއަށްދާ މި މުބާރާތުގައި ރާއްޖެ ހިމެނެނީ ބޫޓާން، ނޭޕާލް އަދި ސްރީލަންކާއާ އެއް ގުރޫޕެއްގައެވެ. ގްރޫޕް ބީގައި ހިމެނެނީ އިންޑިއާ، ޕާކިސްތާން އަދި ބަންގްލަދޭޝްއެވެ.