ވިޔަފާރި
ފަތުރުވެރިކަމުގެ މައުރަޒުތަކުގައި ބައިވެރިވުމުގެ ފުރުސަތު ވިޒިޓް މޯލްޑިވްސްއިން ހުޅުވާލައިފި
ވިޒިޓް މޯލްޑިވްސްގެ މައުރަޒެއްގެ ތެރެއިން---
ފަރުދުން
24 މާރިޗު 2026، 10:19
24 މާރިޗު 2026، 10:19
ފަތުރުވެރިކަމުގެ މައުރަޒުތަކުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން ޝައުގުވެރިކަން ފާޅުކުރުމުގެ ފުރުސަތު ވިޒިޓް މޯލްޑިވްސްއިން ހުޅުވާލައިފިއެވެ.
ވިޒިޓް މޯލްޑިވްސްއިން ހާމަކޮށްފައިވާ ގޮތުގައި، ފަތުރުވެރިކަމުގެ ސިނާއަތަކީ ދުނިޔެއަށް އަންނަ ކޮންމެ ބަދަލަކާ ގުޅިގެން ލޮޅުންތައް އަންނާނެ ސިނާއަތެއް ކަމުން، އެ އަސަރުތައް ކުޑަކުރުމަށް މި ސިނާއަތް ސިންދަފާދުކުރަންޖެހޭ ކަމަށެވެ. އެގޮތުން މިފަދަ މައުރަޒުތަކުގައި ބައިވެރިވުމުގެ މުހިންމުކަން ވަނީ ހާމަކޮށްފައެވެ.
އެހެންކަމުން މި އަހަރުގެ ތެރޭގައި ބައިނަލްއަޤްވާމީ 21 މައުރަޒެއްގައި ބައިވެރިވުމަށް ޝައުޤުވެރިކަން ފާޅުކުރުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.
ވިޒިޓް މޯލްޑިވްސްއިން މި އަހަރު ބައިވެރިވުމަށް ނިންމާފައިވާ ބައިނަލްއަޤުވާމީ މައުރަޒުތައް:
- އަޒަރުބައިޖާން އިންޓަނޭޝަނަލް ޓްރެވަލް އެންޑް ޓޫރަޒިމް ފެއަރ
- ވިއެޓްނާމް އިންޓަނޭޝަނަލް ޓްރެވަލް މާޓް
- އަލްމަޓީ، ކަޒަކިސްތާން
- އައިޓީބީ ޗައިނާ
- ތައިލެންޑް ޑައިވް އެކްސްޕޯ
- ޓްރެވަލް މީޓް އޭޝިއާ
- ބެއިޖިން އިންޓަނޭޝަނަލް ޓޫރިޒަމް އެކްސްޕޯ
- އައިއެލްޓީއެމް އޭޝިއާ
- ޓީޓީ އެފް މުމްބާއީ
- ޕާޓާ ޓްރެވަލް މާޓް
- އައި.ޓީ.އީ ހޯޗީމިން ސިޓީ
- އައިޓީބީ އިންޑިއާ
- ބީ.އެލް.ޓީ.އެމް އިންޑިއާ
- އޭޝިއަން ޓޫރިޒަމް ފެއަރ
- އިސްތަންބޫލް ޓޫރިޒަމް ފެއަރ
- ކޮޓަމް ޗައިނާ
- ޓީ.ޓީ.ޖީ ޓްރެވަލް އެކްސްޕީރިއެންސް
- އައިޓީބީ އޭޝިއާ
- ބަންގަލަދޭޝަން ޓްރެވަލް އެންޑް ޓޫރިޒަމް ފެއަރ
- އައިޓީބީ އެމެރިކާ
- ތަޝްކަން އިންޓަނޭޝަނަލް ޓޫރިޒަމް ފެއަރ
ވިޒިޓް މޯލްޑިވްސްއިން ހާމަކޮށްފައިވާ ގޮތުގައި އެ އިދާރާއިން އަބަދުވެސް މަސައްކަތްކުރާނީ ފަތުރުވެރިކަމުގެ ސިނާޢަތުގެ ބައިވެރިންނާއި ގުޅިގެން، ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖޭގެ މަޤްބޫލުކަން އިތުރުކޮށް ފަތުރުވެރިކަމުގެ ސިނާޢަތަކީ ހަރުދަނާ އަދި ކުރިއަރަމުންދާ ސިނާޢަތެއްގެ ގޮތުގައި ދެމެހެއްޓުމަށެވެ.