ކުޅިވަރު / ޚަބަރު
ހުޅުމާލޭގައި ޤާއިމްކުރާ ސްޕޯޓްސް ޕާކްގެ ބިންގާ އަޅައިފި
ސްޕޯޓްސް ޕާކް ތަރައްޤީކުރާ ސަރަޙައްދު / ފޮޓޯ: އެޗްޑީސީ
ފަރުދުން
30 މާރިޗު 2026، 07:08
30 މާރިޗު 2026، 07:08
ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ޤާއިމްކުރާ ސްޕޯޓްސް ޕާކްގެ ބިންގާ އަޅައިފިއެވެ.
މިކަމަށްޓަކައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ބްރިގޭޑިޔަރ ޖެނެރަލް (ރިޓަޔާރޑް) ޢަލީ ޒުހައިރާއި، ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ މެދު ދާއިރާގެ މެންބަރު އަބްދުﷲ ޝަޒީމާއި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ހުސެއިން ޝަރީފް ވަނީ ބައިވެރިވެވަޑައިގެންފައެވެ.
މި މަސައްކަތުގެ ތެރެއިން އެ ތަނުގައި ޓާފް އަޅައިގެން ތަރައްޤީކުރާ ފުޓްސަލް ދަނޑަކާއި 3 އޮން 3 ބާސްކެޓް ކުޅެވޭ ގޮތަށް ތަރައްގީކުރާ ކޯޓެއް އޮންނާނެ ކަމަށް އެޗްޑީސީން ވަނީ ހާމަކޮށްފައެވެ. އަދި މިހާރު ވެސް ބޭނުންކުރަމުން އަންނަ ވޮލީ ކޯޓު ވެސް އެ ޕާކުގައި ހިމެނޭނެއެވެ.
hހުޅުމާލެ ސްޕޯޓްސް ޕާކްގެ ބިންގާ އެޅުން / ފޮޓޯ: އެޗްޑީސީ
ހުޅުމާލޭ ކޮންޓެއިނަރ ޕާކް ކުރިމަތީގައި އޮންނަ ހުސް ބިމުގައި ތަރައްޤީ ކުރުމަށް ހަމަޖެހިފައިވާ މި ޕާކު ކުޑަކުދިންނަށް ވެސް ބޭނުންކުރެވޭނެކަމަށް އެޗްޑީސީން ވަނީ ހާމަކޮށްފައެވެ.
މިއީ އެ ސަރަޙައްދުގައި ކުޑަކުދިން ކުޅޭނެ ތަނެއް ނެތުމުގެ ސަބަބުން އެޗްޑީސީއަށް އާންމު ރައްޔިތަކު އެތައް ދުވަހެއް ވަންދެން ހުށަހަޅަމުން އައި ކަންބޮޑުވުމަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ތަރައްޤީކުރާ ޕާކެއް ކަމަށްވެސް އެޗްޑީސީން ބުނެއެވެ. އެޗްޑީސީން ވަނީ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި އޭނާ ބައިވެރިކޮށް ބިންގާ އެޅުމުގައިވެސް ބައިވެރިކޮށްފައެވެ.