Ads by Farudhun

ޚަބަރު

ބްރޯޑްކާސްޓިން ކޮމިޝަންގެ މެމްބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ބްރޯޑްކާސްޓިން ކޮމިޝަންގެ މެމްބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލައިފި

މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން/ ފޮޓޯ: ޕީއެސްއެމް

ޢާއިޝަތު ޖަނާ ސަމީރު

ޢާއިޝަތު ޖަނާ ސަމީރު

17 ނޮވެމްބަރު 2026، 02:37

17 ނޮވެމްބަރު 2026، 02:37

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނަށް ކުރިމަތިކުމުގެ ފުރުސަތު އަލުން ހުޅުވާލައިފިއެވެ.

އެ ކޮމިޝަނަށް މެންބަރަކު ހޯދުމަށް ފުރަތަމަ އިއުލާނުކުރީ މި މަހުގެ 12 ވަނަ ދުވަހުގައެވެ. އެ މަގާމަށް ކުރިމަތިލުމަށް އަލުން ހުޅުވާލީ ކުރިމަތިލުމުގެ މުއްދަތު ހަމަވީއިރު އެކަށީގެންވާ ވަރަށް މީހުން ކުރިމަތިލާފައިނުވާތީއެވެ.

ރައްޔިތުންގެ މަޖިލީހުން ގެޒެޓުކޮށްފައިވާ އިއުލާނުގައިވާ ގޮތުން އެ ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމުގެ ސުންގަޑި އަކީ މި މަހުގެ 26 ވާ ބުރާސްފަތިދުވަހުގެ މެންދުރު 12:00 ގެ ކުރިއެވެ. އެ ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމަށް  ހުށަހަޅަންޖެހޭ ތަކެއްޗަކީ  އެޕްލިކޭޝަން ފޯމާއި އިގްރާރާއި، ކުށާއި ދަރަނީގެ ރިކޯޑު ފޯމާއި، އެފަރާތެއްގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއާއި، ވަނަވަރާއި، ތަޢުލީމީ ސެޓްފިކެޓުތަކުގެ ކޮޕީއެވެ. މި ތަކެތި ހުށަހަޅަންޖެހޭނީ ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށެވެ.

މި މަގާމަށް ކުރިމަތިލުމުގެ މައިގަނޑު ޝަރުތުތަކަކީ :

  • އުމުރުން 30 (ތިރީސް) އަހަރު ވެފައިވުން
  • ނޫސްވެރިކަން ނުވަތަ ބްރޯޑްކާސްޓްކުރުމުގެ ދާއިރާއިން، ނުވަތަ ސިޔާސަތު ކަނޑައެޅުމާބެހޭ ދާއިރާއިން، ނުވަތަ ހިންގުމުގެ ދާއިރާއިން ފުރަތަމަ ޑިގްރީއެއް ޙާޞިލުކޮށްފައިވުން ނުވަތަ މީޑިއާގެ ދާއިރާއިން މަދުވެގެން 5 (ފަހެއް) އަހަރު ދުވަހުގެ ތަޖުރިބާ ޙާޞިލުކޮށްފައިވާ މީހަކު ކަމުގައިވުން
  • މީޑިއާއެއްގެ މަސްއޫލުވެރި ފަރާތެއް ކަމުގައި ނުވަތަ އެޑިޓަރެއްގެ މަޤާމު އަދާކުރަމުންދާ މީހަކު ކަމުގައި ނުވުން
  •  އިސްލާމްދީނުގައި ޙައްދެއް ކަނޑައެޅިފައިވާ ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން
  • މަސްތުވާތަކެތީގެ ވިޔަފާރިކުރުމުގެ ކުށް ސާބިތުވެފައިވާ މީހަކަށް ނުވުން.
  • ކުޑަކުދިންގެ ޖިންސީ ގޯނާކުރުމުގެ ކުށް ސާބިތުވެފައިވާ މީހަކަށް ނުވުން.
  • ހިޔާނާތުގެ ނުވަތަ ރިޝްވަރުގެ ކުށެއް ކުރިކަން ސާބިތުވެފައިވާ މީހަކަށް ނުވުން.
  • ކޮމިއުނިކޭޝަނާއި މީޑިއާގެ ހިދުމަތްދިނުމުގެ ދާއިރާގައި ވިޔަފާރީގެ ހިއްސާއެއް އޮތް މީހަކަށް ނުވުން

މި ކޮމިޝަނަކީ، މޯލްޑިވްސް މީޑިޔާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަންގެ ގާނޫނުގެ ދަށުން އުފައްދާފައިވާ ކޮމިޝަނެކެވެ. މި ކޮމިޝަނުގައި ހަތް މެންބަރުން ތިބޭއިރު ތިން މެމްބަރުން ކަނޑައަޅާނީ ރައްޔިތުންގެ މަޖިލީހުންނެވެ. އަދި ބާކީ ހަތަރު މެމްބަރުން ހޮވާނީ މީޑިއާތަކުގެ މެދުގައި ވޯޓުންނެވެ. މި ކޮމިޝަންގެ މެންބަރުންގެ ދައުރަކީ ފަސް އަހަރެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450