Ads by Ministry of Arts, Culture and Heritage

ޚަބަރު

ކީރިތި ޤުރްއާނާ ބެހޭ ވަޤްފު ޢިމާރާތް 'ދާރުއްނޫރު' މަޝްރޫޢު އިފްތިތާޙްކޮށްފި

ކީރިތި ޤުރްއާނާ ބެހޭ ވަޤްފު ޢިމާރާތް 'ދާރުއްނޫރު' މަޝްރޫޢު އިފްތިތާޙްކޮށްފި

ކީރިތި ޤުރްއާނާ ބެހޭ ވަޤްފު ޢިމާރާތް 'ދާރުއްނޫރު'. ފޮޓޯ: އިސްލާމީ ވުޒާރާ|

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

17 ނޮވެމްބަރު 2026، 02:34

17 ނޮވެމްބަރު 2026، 02:34

ކީރިތި ޤުރްއާނާ ބެހޭ ޚާއްޞަ ވަޤްފު ޢިމާރާތް 'ދާރުއްނޫރު' މަޝްރޫޢު ރަސްމީކޮށް މިއަދު އިފްތިތާޙްކޮށްފިއެވެ. މި މަޝްރޫޢު އިފްތިތާޙްކޮށް، އެ ޢިމާރާތުގެ ކުރެހުން ފުރަތަމަ ފަހަރަށް ދައްކާލާފައިވަނީ ސަރުކާރަށް 156 ހަފްތާ ފުރުން ފާހަގަކުރުމަށް މިއަދު އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ވަޤްފުގެ ދާއިރާ ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ބިނާކުރާ މި ޢިމާރާތަކީ 15 ބުރީގެ ޢިމާރާތެކެވެ. މުޅި ޢިމާރާތުން ނަފާ ލިބޭނެ ގޮތަށް ފަރުމާކޮށްފައިވާ މި ބިލްޑިންގުގައި އޮފީސް ބަޔާއި، ވިޔަފާރި އޭރިއާތަކުގެ އިތުރުން ހޯލާއި، މީޓިންގ ރޫމްތަކާއި، ލައިބްރަރީ އަދި ރެސްޓޯރެންޓު ފަދަ ޚިދުމަތްތައް ހިމެނެއެވެ. މި ޢިމާރާތުން ލިބޭ އެންމެހައި ނަފާ ޚާއްޞަކުރާނީ ކީރިތި ޤުރްއާނުގެ ދާއިރާ އިތުރަށް ފުޅާކޮށް ކުރިއެރުވުމަށެވެ.

މި މަޝްރޫޢަށް ބޭނުންވާ މާލީ އެހީތެރިކަން މިހާރު ހަމަޖެހިފައިވާއިރު، ޢިމާރާތުގެ ޢަމަލީ މަސައްކަތް 2027 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައި ފެށުމަށް ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް އިސްލާމިކް މިނިސްޓްރީން މިހާރު އަންނަނީ ވަމުންނެވެ.

'ދާރުއްނޫރު' މަޝްރޫޢުގެ އިތުރުން މާލެ ސަރަޙައްދުގައި 'ދާރުލްއަރްޤަމް' އަދި 'ދާރުއްސަލާމް' ގެ ނަމުގައި އިތުރު ދެ ވަޤްފު ޢިމާރާތެއް އެޅުމުގެ މަސައްކަތްވެސް ސަރުކާރުން މިހާރު ވަނީ ފަށާފައެވެ. މި މަޝްރޫޢުތައް ނިމުމުން ދައުލަތުގެ ބަޖެޓަށް ބަރޯސާނުވެ، އިސްލާމީ ދާއިރާގެ އެކި މަސައްކަތްތައް އަމިއްލަ ފައިމައްޗަށް ތެދުވެ ކުރިއަށް ގެންދެވޭނެ މިންވަރަށް ނަފާ ލިބޭނެކަމަށް ލަފާކުރެވެއެވެ. މިއީ ރާއްޖޭގެ އިސްލާމީ ދާއިރާއަށް ބޮޑު އިންޤިލާބީ ބަދަލެއް ގެނުވާނެ ކަމެކެވެ.

Ads by MSS

Ads by Ministry of Arts, Culture and Heritage

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450