Ads by PNC

ޚަބަރު

ހުޅުމާލެ ގްރޭންޑް މިސްކިތަށް ފައިނޭންސް ކުރުމުގެ އެއްބަސްވުމުގައި މަދީނާގެ ކުންފުންޏަކާއެކު ސޮއިކޮށްފި

ހުޅުމާލެ ގްރޭންޑް މިސްކިތަށް ފައިނޭންސް ކުރުމުގެ އެއްބަސްވުމުގައި މަދީނާގެ ކުންފުންޏަކާއެކު ސޮއިކޮށްފި

ހުޅުމާލެ ގްރޭންޑް މިސްކިތަށް ފައިނޭންސް ކުރުމުގެ އެއްބަސްވުމުގައި މަދީނާގެ ކުންފުންޏަކާއެކު ސޮއިކުރުން---

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

01 އޭޕްރީލު 2026، 08:44

01 އޭޕްރީލު 2026، 08:44

ހުޅުމާލެ ފޭސް 2 އަދި ފޭސް 3 ގުޅޭ ހިސާބުގައި ބިނާކުރުމަށް ހަމަޖެހިފައިވާ ހުޅުމާލެ ގްރޭންޑް މިސްކިތަށް ފައިނޭންސް ކުރުމުގެ އެއްބަސްވުމުގައި މަދީނާގެ ކުންފުންޏަކާއެކު ސޮއިކޮށްފިއެވެ.

އެއްފަހަރާ ގާތްގަނޑަކަށް 10،000 މީހުންނަށް ނަމާދުކުރެވޭ ގޮތަށް އިމާރާތް ކުރުމަށް ހަމަޖެހިފައިވާ މި މިސްކިތް އިމާރާތް ކުރުމަށް ޚަރަދު ކުރާނީ ސައުދީ އަރަބިއްޔާގެ ރާޖިޙީ ކުންފުނިންނެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މިހާރު މަދީނާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މި އެއްބަސްވުމުގައި ސޮއިކުރެއްވިއިރު، އެ މަނިކުފާނު ވިދާޅުވީ މިހާރު މަސައްކަތް ކުރަމުންދަނީ ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރޭ މުނާސަބަތާ ގުޅުވައިގެން މިސްކިތުގެ ޢަމަލީ މަސައްކަތް ފެށުމަށް ކަމަށެވެ.

އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ވިދާޅުވީ، މިސްކިތުގެ ކޮންސެޕްޓް މަސައްކަތް މިހާރު ނިމިފައިވާއިރު، ތަފްޞީލީ ޑިޒައިން އެކުލަވައިލުމުގެ މަސައްކަތް ބޭރުގެ ތަޖުރިބާކާރުންގެ އެހީގައި ކުރަމުންދާ ކަމަށެވެ. 

އަދި މި މިސްކިތް ބިނާކުރާނީ ވަޤުފު ބިނާތަކާއި، ކޮމާޝަލް ބިލްޑިންގް އަދި ޕާކިންގް ހިމެނޭހެން ކޮމްޕްލެކްސްއެއްގެ ގޮތުގައި ކަމަށާއި، މިސްކިތުގައި ޤުރުއާން މިއުޒިޔަމެއްވެސް ހުންނާނެ ކަމަށް އެ ވުޒާރާއިން ވަނީ މައުލޫމާތުދީފައެވެ.

ހުޅުމާލޭގައި އިމާރާތް ކުރުމަށް މަސައްކަތް ކުރަމުންދާ ގްރޭންޑް މިސްކިތުގެ ކުރެހުމެއް / ފޮޓޯ: އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ

މި މަޝްރޫޢުގެ ޑިޒައިނިންގް މަރުޙަލާއިން ފެށިގެން މަސައްކަތް ނިންމުމާ ހަމައަށް ފަންޑުކުރަނީ ރާޖިޙީ ކުންފުނިންނެވެ. އަދި މިސްކިތުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި އެ ކުންފުނީގެ އިސްބޭފުޅުން ބައިވެރިވެވަޑައިގަންނަވާނެ ކަމަށްވެސް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއެވެ. 

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރިޔާސީ ބަޔާނުގައި އިޢުލާންކުރެއްވި މި މިސްކިތުގެ ޢަމަލީ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ 13 ސެޕްޓެމްބަރު 2026 ގައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450