ކުޅިވަރު

ބީއެމްއެލްގެ ސްޕޯޓްސް ސްކޮލަރޝިޕް މި ފަހަރު ރާޅާއެޅުންތެރިޔާ ސައްޔިދަށް

ބީއެމްއެލްގެ ސްޕޯޓްސް ސްކޮލަރޝިޕް މި ފަހަރު ރާޅާއެޅުންތެރިޔާ ސައްޔިދަށް

ބީއެމްއެލް ސްކޮލަރޝިޕް ލިބުނު ސަރފިންގ އެތުލީޓު، ސައްޔިދު ސަލާހުއްދީން / ފޮޓޯ: ޕީއެސްއެމް

farudhun logo

ފަރުދުން

07 އޭޕްރީލު 2026، 07:27

07 އޭޕްރީލު 2026، 07:27

އެތުލީޓުންގެ ހުނަރު އިތުރު ކުރުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ދެމުން އަންނަ ސްޕޯޓްސް ސްކޮލަރޝިޕް، ރާއްޖޭގެ އަރަމުން އަންނަ ސަރފިންގ އެތުލީޓު، ސައްޔިދު ސަލާހުއްދީނަށް ލިބިއްޖެއެވެ.

ބީއެމްއެލްއިން ހުރިހާ ޚަރަދެއް ފޯރުކޮށްދޭ މި ސްކޮލަރޝިޕަށް ހޮވޭ އެތުލީޓުންނަށް ހައި ޕާފޯމަންސް ޓްރެއިނިންގ ސެންޓަރުތަކުގައި ތަމްރީނުވުމުގެ ފުރުސަތު ލިބޭނެއެވެ.

އެގޮތުން ސައްޔިދަށް މި ލިބުނު ސްކޮލަރޝިޕްގެ ދަށުން އޭނާ ޓްރެއިނިން ކުރިޔަށްގެންދިއުމުގެ ފުރުސަތު ލިބިފައި ވަނީ ޗައިނާ، ފިލިޕީންސް އަދި އިންޑޮނޭޝިއާގައެވެ. އަދި އޮސްޓްރޭލިއާގައި ކުރިއަށްދާ މުބާރާތެއްގައިވެސް ބައިވެރިވާނެއެވެ.

މި ސްކޮލަރޝިޕްގެ ދަށުން، ތަމްރީންތަކަށާއި މުބާރާތައް ބޭނުންވާ އިކުއިޕްމެންޓް ބީއެމްއެލްއިން ފޯރުކޮށްދޭނެއެވެ.

ބީއެމްއެލްއިން ވަނީ މިހާތަނަށް ވަނީ 8 އެތުލީޓަކަށް ސްޕޯޓްސް ސްކޮލަރޝިޕް ދީފައެވެ. މި ސްކޮލަރޝިޕްތަކަކީ ވަކި ކުޅިވަރަކަށް ޚާއްޞަކޮށް ދެމުން އަންނަ ފުރުސަތެއް ނޫނެވެ. އެގޮތުން މިއީ ފުޓްބޯޅަ، ސްވިމިންގ، ޓެނިސް، ބާސްކެޓްބޯޅަ، ސަރފިންގ ފަދަ ކުޅިވަރުތައް ކުރިއެރުވުމަށް ޤައުމީ އެސޯސިއޭސިއޭޝަންތަކާއެކު ގާއިމްކޮށްފައިވާ ސްކޮލަރޝިޕް ޕްރޮގްރާމެކެވެ.

މި އަހަރު މި ސްކޮލަޝިޕް ލިބުނު ސައްޔިދަކީ 2024 ވަނަ އަހަރު ބޭއްވި އޭޝިއަން ސާފިން ޗެމްޕިއަންޝިޕްގެ ރާއްޖެ ކުއާޓާފައިނަލާއި ހަމައަށް ގެންގޮސްދީ އެ އަހަރު އޭޝިއާ ރޭންކިންގައި ރާއްޖެއަށް ބޮޑު ކާމިޔާބީއެއް ހޯދައިދިން ޓީމުގައި ހިމެނޭ އެތުލީޓެކެވެ.

ދިވެހި ސާފިންގ ލީގާއި އޭޝިއާ މުބާރާތްތަކުގައި ވާދަކުރަމުން ސައްޔިދު ވަނީ 2024 ވަނަ އަހަރު އޯ ލެވެލް އިމްތިހާނުގެ ގަދަ 10 އެއްގައިވެސް ހިމެނިފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450