Ads by Farudhun

ޚަބަރު

ބަންކަރިންގެ ޚިދުމަތުން ދައުލަތަށް 730 މިލިޔަން ރުފިޔާގެ އާމްދަނީއެއް ލިބިއްޖެ

ބަންކަރިންގެ ޚިދުމަތުން ދައުލަތަށް 730 މިލިޔަން ރުފިޔާގެ އާމްދަނީއެއް ލިބިއްޖެ

ބަންކަރިންގެ ޚިދުމަތް ފޮޓޯ:އިންޓަނެޓް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

08 އޭޕްރީލު 2026، 12:52

08 އޭޕްރީލު 2026، 12:52

ރާއްޖޭގައި އަލަށް ފެށި ބަންކަރިންގެ ޚިދުމަތުން މިހާތަނަށް ދައުލަތަށް 730 މިލިޔަން ރުފިޔާގެ ބޮޑު އާމްދަނީއެއް ލިބިފައިވާ ކަމަށް އިގްތިސާދީ ތަރައްގީ އާއި ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު ހާމަކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ސަޢީދު ވިދާޅުވީ، ބަންކަރިންގެ ޚިދުމަތާ ގުޅިގެން ސަރުކާރަށް އެކި ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވި ނަމަވެސް، މި ޚިދުމަތަކީ ކާމިޔާބު އަދި ދައުލަތަށް ބޮޑު އާމްދަނީއެއް ވަންނަމުންދާ މަސައްކަތެއް ކަމަށެވެ. އެގޮތުން، ޚިދުމަތް ފެށިގެން މިހާތަނަށް 730 މިލިޔަން ރުފިޔާ ލިބިފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިޤްތިޞާދީ ސިޔާސަތުގެ ދަށުން، ރާއްޖޭގެ އިޤްތިޞާދު ސިންދަފާތުކޮށް އާމްދަނީ އިތުރުކުރުމަށް ފެށި މި މަސައްކަތް ރަސްމީކޮށް އިފްތިތާޙްކުރީ 2024 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގައެވެ. މި ޚިދުމަތަކީ އޮފްޝޯކޮށް، އެކަމަށް ޚާއްސަ ބޯޓެއް ގެނެސްގެން ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) މެދުވެރިކޮށް ދެމުންދާ ޚިދުމަތެކެވެ.

ވަޒީރު އިތުރަށް ވިދާޅުވީ، ބަންކަރިން ޚިދުމަތުން މަހުން މަހަށް ލިބޭ އާމްދަނީ އިތުރުވަމުންދާ ކަމަށެވެ. އަދި މި އާމްދަނީގެ ބޮޑު ބައެއް ހިއްސާކުރަނީ ރާއްޖެއަށް އަލަށް އެތެރެކޮށް ވިއްކަން ފެށި 'ލޯ ސަލްފަރ އޮއިލް' އިން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މި ޚިދުމަތް ރާއްޖޭގައި ކުރިއަށް ގެންދަނީ ބައިނަލްއަޤްވާމީ ގޮތުން މި ދާއިރާގައި ބޮޑު ތަޖުރިބާއެއް ލިބިފައިވާ ވިޓޯލް ކުންފުންޏާ ގުޅިގެންނެވެ. ސަރުކާރުގެ އަމާޒަކީ މި ޚިދުމަތް މިހާރަށްވުރެ ފުޅާކޮށް، ރާއްޖޭގެ ޖީޑީޕީއަށް އަހަރަކު 400 މިލިޔަން ޑޮލަރު އިތުރުކުރުމެވެ.

ރާއްޖޭގެ އިޤްތިޞާދު ހަރުދަނާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން، ބަންކަރިން ޚިދުމަތް ހޯދާ އުޅަނދުފަހަރުގެ އަދަދު ދުވަހުން ދުވަހަށް އިތުރުވަމުންދާކަން ސަރުކާރުން ފާހަގަކުރެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450