Ads by Farudhun

ޚަބަރު

ނާސަރީތައް ތަރައްގީކުރުމުގެ މަޝްރޫއަށް އެހީތެރިވުމަށް ޗައިނާގައި ތަމްރީނު ޕްރޮގްރާމެއް

ނާސަރީތައް ތަރައްގީކުރުމުގެ މަޝްރޫއަށް އެހީތެރިވުމަށް ޗައިނާގައި ތަމްރީނު ޕްރޮގްރާމެއް

"ނާސަރީ މެނޭޖްމަންޓް ޕްރެޕަރޭޓަރީ ޕްރޮގްރާމް". ފޮޓޯ: ތިމާވެއްޓާއި ބެހޭ ވުޒާރާ

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

29 އޮކްޓޯބަރު 2026، 10:00

29 އޮކްޓޯބަރު 2026، 10:00

ދިވެހިރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގާއިމުކުރުމަށް ހަމަޖެހިފައިވާ ނާސަރީތައް ތަރައްގީކުރުމުގެ މަޝްރޫއުތަކަށް އެހީތެރިވުމުގެ ގޮތުން ކުރިއަށްގެންދާ "ނާސަރީ މެނޭޖްމަންޓް ޕްރެޕަރޭޓަރީ ޕްރޮގްރާމް" ގެ ފުރަތަމަ ބައިވެރިންނަށް އަމާޒުކޮށްގެން ބާއްވާ އޮރިއެންޓޭޝަން ސެޝަން ޗައިނާގެ ފޫޖިއަން ޕްރޮވިންސްގައި ބާއްވައިފިއެވެ.

މި ޕްރޮގްރާމަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގަސްގަހާގެހި އާލާކޮށް، ތިމާވެށި ފެހިކުރުމަށާއި ދަނޑުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށްޓަކައި ގާއިމުކުރާ ނާސަރީތައް ހިންގާ ބެލެހެއްޓުމުގެ ފަންނީ ގާބިލުކަން އިތުރުކުރުމުގެ މަގުސަދުގައި ކުރިއަށްގެންދާ މުހިންމު ތަމްރީނެއް ކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.

މި ތަމްރީނުގެ ފުރަތަމަ ބުރުގައި ބައިވެރި ވަނީ ރާއްޖެއިން ހޮވާލެވުނު 10 ބައިވެރިންނެވެ.



ޗައިނާގެ ފޫޖިއަން ޕްރޮވިންސްގައި ބޭއްވުނު މި އޮރިއެންޓޭޝަން ސެޝަނުގައި، ތަމްރީނު ކުރިއަށްދާނެ ގޮތުގެ ތަފުސީލުތަކާއި، ނާސަރީތައް ޒަމާނީ ފެންވަރަށް މެނޭޖްކުރުމުގައި ސަމާލުކަން ދޭންޖެހޭ މުހިންމު ކަންކަމާ ގުޅޭގޮތުން ބައިވެރިންނަށް މައުލޫމާތު ދީފައިވެއެވެ.

މި ޕްރޮގްރާމްގެ ސަބަބުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ތަރައްގީކުރާ ނާސަރީތައް ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމަށް ބޭނުންވާ ފަންނީ ތަޖުރިބާއާއި ހުނަރު ބައިވެރިންނަށް ލިބިގެންދާނެ ކަމަށް ބެލެވޭ ކަމަށް ތިމާވެއްޓާއި ބެހޭ ވުޒާރާއިން ވިދާޅުވިއެވެ. 

އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ރާއްޖެ ފެހިކުރުމަށާއި ތިމާވެށި ހިމާޔަތްކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ފަށްޓަވާފައިވާއިރު، މިފަދަ ތަމްރީނުތަކަކީ އެ އަމާޒަށް ވާސިލުވުމަށް އެޅޭ މުހިންމު ބާރެއްކަން ވެސް އެ ވުޒާރާއިން ފާހަގަކުރެއްވިއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450