Ads by Farudhun

ޚަބަރު

މިމަހުގެ 4 ވަނަ ދުވަހު ބޭއްވި އިންތިޚާބުތަކުގެ ދާއިމީ ނަތީޖާ އިޢުލާން ކުރަން ފަށައިފި

މިމަހުގެ 4 ވަނަ ދުވަހު ބޭއްވި އިންތިޚާބުތަކުގެ ދާއިމީ ނަތީޖާ އިޢުލާން ކުރަން ފަށައިފި

މިމަހުގެ 4 ވަނަ ދުވަހު މުޅި ރާއްޖޭގައި ކުރިއަށްދިޔަ ބޮޑު އިންތިޚާބުގެ ދާއިމީ ނަތީޖާތައް އިއުލާން ކުރުން ފޮޓޯ: ޓީވީއެމް އެސްއެސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

11 އޭޕްރީލު 2026، 04:11

11 އޭޕްރީލު 2026، 04:11

މިމަހުގެ 4 ވަނަ ދުވަހު މުޅި ރާއްޖޭގައި ކުރިއަށްދިޔަ ބޮޑު އިންތިޚާބުގެ ދާއިމީ ނަތީޖާތައް އިލެކްޝަންސް ކޮމިޝަނުން އިޢުލާން ކުރަން ފަށައިފިއެވެ. މިއީ ރާއްޖޭގައި މިހާތަނަށް ބޭއްވި އެންމެ ބޮޑު އެއް އިންތިޚާބުކަން ފާހަގަކުރެވެއެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި މި އިންތިޚާބުގައި ޖުމްލަ ތިން ވޯޓެއް ކުރިއަށް ގެންގޮސްފައިވެއެވެ. އެއީ ލޯކަލް ކައުންސިލް އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިޚާބުގެ އިތުރުން، ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމާ ގުޅޭގޮތުން ރައްޔިތުންގެ ޚިޔާލު ހޯދުމަށް ނެގި އާންމު ވޯޓެވެ.

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވި ގޮތުގައި، މި ވޯޓުގެ ވަގުތީ ނަތީޖާތައް މިހާރު ވަނީ އެ ކޮމިޝަނުގެ ވެބްސައިޓުގައި އާންމުކޮށްފައެވެ. އަދި އިންތިޚާބާ ގުޅިގެން ޝަކުވާ ހުށަހަޅާފައިވާ ފޮށިތައް އަލުން ގުނުމަށްފަހު، އެ ފޮށިތަކުގެ ނަތީޖާތައް ވެސް މިހާރު ވަނީ އާންމުކޮށްފައެވެ. ދާއިމީ ނަތީޖާ އިއުލާންކުރުމުގެ މަސައްކަތް ކުރިއަށްދާއިރު، ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމުތައް މެދުވެރިކޮށް ވަގުތުން ނަތީޖާތައް ދަނީ ހާމަކުރަމުންނެވެ.

މިފަހަރުގެ އިންތިޚާބަކީ ކައުންސިލް އިންތިޚާބެއްގައި މިހާތަނަށް އެންމެ ގިނަ މީހުން ވޯޓުލީ އިންތިޚާބު ކަމަށް އިލެކްޝަންސް ކޮމިޝަނުން ފާހަގަކުރައްވައެވެ. އެގޮތުން ވޯޓުލުމުގެ ހައްޤު ލިބިގެންވާ 294,876 މީހުންގެ ތެރެއިން 73 އިންސައްތައަށްވުރެ ގިނަ މީހުން ވޯޓުލާފައިވާ ކަމަށް އެ ކޮމިޝަނުގެ ތަފާސްހިސާބުތަކުން ދައްކައެވެ.

މި އިންތިޚާބުގައި ރަށު ކައުންސިލްތަކަށް 626 ކައުންސިލަރުން އަދި ސިޓީ ކައުންސިލްތަކަށް 52 ކައުންސިލަރުން އިންތިޚާބު ކުރުމަށް ވޯޓުލާފައިވެއެވެ. އިންތިޚާބުވި ކައުންސިލަރުން ހުވާކުރުމުގެ ރަސްމިއްޔާތުތައް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 17 ވަނަ ދުވަހުއެވެ.

ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލް.ޖީ.އޭ) އިން މިހާރު ވަނީ މި ރަސްމިއްޔާތުތަކުގެ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ފަށާފައެވެ. ކައުންސިލަރުން ހުވާކުރުމާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ މެންބަރުން އިޤްރާރުގައި ސޮއިކުރުން ކުރިއަށްދާނީ އެއް ރަސްމިއްޔާތެއްގެ ތެރެއިން ކަމަށްވެސް އެ އޮތޯރިޓީން މަޢުލޫމާތު ދެއްވައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450