ވިޔަފާރި

ހޫނު މޫސުމާ ދިމާކޮށް ޓާކިޝް އެއަރލައިންގެ ދަތުރުތައް ރާއްޖެއަށް އިތުރުކުރަން ނިންމައިފި

ހޫނު މޫސުމާ ދިމާކޮށް ޓާކިޝް އެއަރލައިންގެ ދަތުރުތައް ރާއްޖެއަށް އިތުރުކުރަން ނިންމައިފި

ޓާރކިޝް އެއަރލައިންގެ ފްލައިޓެއް---

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

18 އޭޕްރީލު 2026، 06:42

18 އޭޕްރީލު 2026، 06:42

ހޫނު މޫސުމާ ދިމާކޮށް ތުރުކީގެ ޤައުމީ އެއާލައިން، ޓާކިޝް އެއަރލައިންގެ ދަތުރުތައް ރާއްޖެއަށް އިތުރުކުރަން ނިންމައިފިއެވެ.

މި ނިންމުމާ ގުޅިގެން ތުރުކިއޭގެ ވެރިރަށް އިސްތަންބޫލާއި މާލެއާ ދެމެދު ކުރެވޭ މި ދަތުރުތައް ފަށާނީ އަންނަ މަހުގެ 13 ވަނަ ދުވަހުއެވެ. މި ތާވަލުގެ ދަށުން އޮކްޓޫބަރު މަހުގެ 20 ވަނަ ދުވަހާއި ހަމައަށް ދަތުރުތައް ކުރުމަށް ވަނީ ނިންމާފައެވެ.

މި ނިންމުމާ ގުޅިގެން ކޮންމެ ހަފްތާއަކު ރާއްޖެއާއި އިސްތަންބޫލާއި ދެމެދު ކުރާ ދަތުރުތަކުގެ އަދަދު 4އިން 6އަށް އިތުރުވާނެއެވެ. 

ޓާކިޝް އެއާރލައިން އިސްތަންބޫލުން މާލެއަށް ކޮންމެ ބުދަ ދުވަހަކު އައުމަށް ހަމަޖެހިފައިވާއިރު، މާލެއިން އިސްތަންބޫލަށް ދަތުރުކުރާނީ ކޮންމެ ބުރާސްފަތި ދުވަހަކުއެވެ.

ދަތުރުތަކުގެ ތާވަލުގައިވާ ގޮތުން، އިސްތަންބޫލުން ފުރާނީ ރޭގަނޑު 20:20 ގައެވެ. މި ފްލައިޓް މާލެއަށް ޖައްސާނީ ޖެހިގެން އަންނަ ދުވަހުގެ ހެނދުނު 06:30 ގައެވެ. އަދި މާލެއިން ފުރާނީ ހެނދުނު 08:00 ގައެވެ. މި ފްލައިޓު އިސްތަންބޫލުގައި ޖައްސާނީ މެންދުރުފަހު 14:20 ގައެވެ.

ޓާކިޝް އެއާލައިންސްގެ ދަތުރުތައް އިތުރުކުރުމަކީ ޔޫރަޕާއި އުތުރު އެމެރިކާގެ މާކެޓްތަކުން ރާއްޖެއަށް އަންނަ ފަތުރުވެރިންނަށް ލިބޭނެ ބޮޑު ފަސޭހައެކެވެ. އިސްތަންބޫލަކީ ދުނިޔޭގެ އެކި ކަންކޮޅުތައް ގުޅުވައިދޭ މުހިންމު ހަބަކަށް ވުމާއެކު، މިއީ މެދުއިރުމަތީގެ ވައިގެ ސަރަހައްދުތަކަށް އަންނަ ބަދަލުތަކާ ގުޅިގެން ދަތުރުވެރިންނަށް ލިބޭނެ ރަނގަޅު ފުރުސަތެކެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450