Ads by Farudhun

ޚަބަރު

ދިދަ ނެގުމުގެ ޚާއްޞަ ރަސްމިއްޔާތާއެކު މިއަހަރުގެ ސިފައިންގެ ޝިޢާރު އިފްތިތާޙްކޮށްފި

ދިދަ ނެގުމުގެ ޚާއްޞަ ރަސްމިއްޔާތާއެކު މިއަހަރުގެ ސިފައިންގެ ޝިޢާރު އިފްތިތާޙްކޮށްފި

ދިދަ ނެގުމުގެ ޚާއްޞަ ރަސްމިއްޔާތު

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

21 އޭޕްރީލު 2026، 10:56

21 އޭޕްރީލު 2026، 10:56

ދިވެހި ސިފައިންގެ ޚިދުމަތަށް 132 އަހަރު ފުރުމުގެ މުނާސަބަތުގައި، ދިދަ ނެގުމުގެ ޚާއްޞަ ރަސްމިއްޔާތު މިއަދު ހެނދުނު ކަޅުތުއްކަލާކޮށީގައި ބާއްވައިފިއެވެ.

މިއަދު ހެނދުނު 06:00 ގައި ބޭއްވި މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ދިފާޢީ އަދި ވަތަނީ ޚިދުމަތާ ބެހޭ ވަޒީރު، ޢައްޒާމް ރަޝީދެވެ. މި ރަސްމިއްޔާތުގައި ވަޒީރު ވަނީ ސިފައިންގެ މިއަހަރުގެ ޝިޢާރު ރަސްމީކޮށް އިޢުލާނުކޮށްދެއްވާފައެވެ. ސިފައިންގެ 132 ވަނަ އަހަރަށް ކަނޑައަޅާފައިވާ ޝިޢާރަކީ، "އަސްކަރީ އަޚުލާޤު – ސިފައިންގެ ކުރިއެރުން" އެވެ.

ކަޅުތުއްކަލާކޮށީގައި ބޭއްވި މި އިޙްތިފާލުގައި ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޣިޔާޘް ބައިވެރިވެވަޑައިގެންނެވިއެވެ. މީގެ އިތުރުން ސިފައިންގެ ޖެނެރަލް އޮފިސަރުންނާއި، ސާޖަންޓް މޭޖަރ އޮފް އެމްއެންޑީއެފް އަދުނާން ޢަލީގެ އިތުރުން، އެކި ރޭންކުތަކުގެ އޮފިސަރުންނާއި ގިނަ އަދަދެއްގެ ސިފައިން މި ރަސްމިއްޔާތުގައި ބައިވެރިވިއެވެ.

މި ރަސްމިއްޔާތު ނިންމާލާފައިވަނީ ސިފައިންގެ ޚާއްޞަ ދުޢާއަކާއި ސިފައިންގެ ލަވައިންނެވެ. މާލޭގެ އިތުރުން، ސިފައިންގެ އޭރިއާ ކޮމާންޑްތައް ޤާއިމްކޮށްފައިވާ ރާއްޖޭގެ ހުރިހާ މަރުކަޒެއްގައިވެސް މިއަދު ހެނދުނު ވަނީ ދިދަ ނެގުމުގެ ޚާއްޞަ ރަސްމިއްޔާތުތައް ކުރިއަށް ގެންގޮސްފައެވެ.

ދިވެހިރާއްޖޭގައި ސިފައިންގެ ޚިދުމަތް ރަސްމީކޮށް ފެށިފައިވަނީ 21 އެޕްރީލް 1892 ގައެވެ. އެދުވަހުން ފެށިގެން ކޮންމެ އަހަރެއްގެ އެޕްރީލް މަހުގެ 21 ވަނަ ދުވަސް ފާހަގަކުރަމުންދަނީ ދިވެހި ސިފައިންގެ ދުވަހުގެ ގޮތުގައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450