Ads by Farudhun

ޚަބަރު

އެމްއެންޔޫ ދަނާލުގައި ދިރިއުޅެމުން އައި ކުއްޖަކު ނިޔާވެއްޖެ

އެމްއެންޔޫ ދަނާލުގައި ދިރިއުޅެމުން އައި ކުއްޖަކު ނިޔާވެއްޖެ

އެމްއެންޔޫ ދަނާލް/ފޮޓޯ: އެމްއެންޔޫ

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

21 އޭޕްރީލު 2026، 12:45

21 އޭޕްރީލު 2026، 12:45

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީ، އެމްއެންޔޫގެ ދަނާލުގައި ދިރިއުޅެމުން އައި ކުއްޖަކު ނިޔާވެފައިވާ މައްސަލައެއް ދިވެހި ފުލުހުންގެ ޚިދުމަތުން ބަލަން ފަށައިފި އެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މާލޭގައި ކުދިން ބައިތިއްބާ އެކޮމޮޑޭޝަނެއްގައި އުމުރުން 18 އަހަރުގެ ޒުވާނަކު ރޭ ދަންވަރުގެ ވަޤުތެއްގައި ނިޔާވެފައިވާ ކަމަށެވެ. އަދި މިކަމާއި ގުޅުންހުރި އެންމެހާ ކަންކަން ބަލައި، މި މައްސަލަ ތަޙުޤީގު ކުރަމުން އަންނަ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

މި ޙާދިސާ ހިނގަން މެދުވެރިވި ސަބަބާއި، މިކަމާއި ގުޅުންހުރި އިތުރު އެއްވެސް ތަފްޞީލެއް ފުލުހުންގެ ޚިދުމަތުން ހާމަކޮށްފައެއް ނުވެއެވެ.

އެމްއެންޔޫ ކައިރީގައި ހުންނަ މި ދަނާލުގައި، އެ ޔުނިވަރސިޓީގައި ކިޔަވާ ކޯސްތަކުގެ ގިނަ ޢަދަދެއްގެ ދަރިވަރުން ދިރިއުޅެމުން އަންނަކަން ފާހަގަކޮށްލެވެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450