Ads by Farudhun

ޚަބަރު

ވައްކަމުގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަނީ

ވައްކަމުގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަނީ

ހޯދަމުންދާ މީހާ/ފޮޓޯ: ފުލުހުން

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

21 އޭޕްރީލު 2026، 01:22

21 އޭޕްރީލު 2026، 01:22

ދިވެހިި ފުލުހުންގެ ޚިދުމަތުން ބަލަމުން އަންނަ ވައްކަމުގެ މައްސަލައަކާ ގުޅިގެން ތުހުމަތުކުރެވޭ މީހަކު ހޯދުމަށް ޢާންމުންގެ އެހީތެރިކަމަށް އެދިއްޖެއެވެ.

ފުލުހުން ވަނީ، މި މައްސަލައިގައި ތުހުމަތުކުރެވޭ މީހާގެ ވީޑިއޯއެއް ޢާންމުކޮށްފައެވެ. މިކަމާއި ގުޅިގެން ފުލުހުންގެ ޚިދުމަތުން އިތުރަށް ވިދާޅުވީ، އެ މީހާއަކީ ހުޅުމާލެ ފޭސް 2 ޕޮލިސް ސްޓޭޝަނުން ތަޙުޤީގު ކުރަމުންދާ، ފޯނެއް ވަގަށް ނަގާފައިވާ  މައްސަލައަކާ ގުޅިގެން ހޯދަން ބޭނުންވެ، އެމީހާއަކީ ކާކުކަން ދެނެގަނެވިފައިނުވާތީ ހޯދިފައިނުވާ މީހެއް ކަމަށެވެ. 

ވީމާ، އެ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހުޅުމާލެ ފޭސް 2 ޕޮލިސް އިންވެސްޓިގޭޝަން ނަންބަރު 9393351 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން ވަނީ އެދިފައެވެ.

އަދި މިފަދަ މީހުން ހޯދުމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް، އެކަމަށް ވަނީ ޝުކުރު ދަންނަވާފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450