Ads by Farudhun

ޚަބަރު

އައިޕީޔޫގެ 152 ވަނަ އެސެމްބްލީގައި ބައިވެރިވެވަޑައިގަތުމަށްފަހު މަޖިލީހުގެ ރައީސް ރާއްޖެ ވަޑައިގެންފި

އައިޕީޔޫގެ 152 ވަނަ އެސެމްބްލީގައި ބައިވެރިވެވަޑައިގަތުމަށްފަހު މަޖިލީހުގެ ރައީސް ރާއްޖެ ވަޑައިގެންފި

އައިޕީޔޫގެ 152 ވަނަ އެސެމްބްލީގައި ބައިވެރިވެވަޑައިގަތުމަށްފަހު މަޖިލީހުގެ ރައީސް ރާއްޖެ ވަޑައިގަތުން ފޮޓޯ: މަޖިލިސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

21 އޭޕްރީލު 2026، 01:26

21 އޭޕްރީލު 2026، 01:26

އިންޓަރ-ޕާލަމަންޓްރީ ޔޫނިއަން (އައިޕީޔޫ) ގެ 152 ވަނަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ތުރުކީވިލާތުގެ އިސްތަންބުލަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ މިއަދު ހެނދުނު ރާއްޖެ ވަޑައިގެންފިއެވެ.

މި މަހުގެ 13 ވަނަ ދުވަހު ފެއްޓެވި މި ދަތުރުފުޅުގައި މަޖިލީހުގެ ރައީސްގެ އަރިހުގައި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި މަޖިލީހުގެ އަމީން އާންމުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މި ބައްދަލުވުމުގެ ތެރެއިން މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވަނީ އައިޕީޔޫ އެސެމްބްލީގައި ތަޤްރީރު ކުރައްވާފައެވެ. އެމަނިކުފާނުގެ ތަޤްރީރުގައި، ދުނިޔެއަށް މިހާރު ކުރިމަތިވެފައިވާ ނުތަނަވަސްކަމާއި، ހަނގުރާމަތަކާއި، އަދި އެކި ކަހަލަ ތަފާތުކުރުންތަކުގެ ސަބަބުން އުފެދިފައިވާ ގޮންޖެހުންތަކަށް ދާއިމީ ޙައްލެއް ހޯދުމުގައި ދުނިޔޭގެ ޤާނޫނު ހަދާ މަޖިލީސްތަކުގެ ޒިންމާ ވަރަށް ބޮޑުކަން ފާހަގަކުރެއްވިއެވެ.

"އަންނަން އޮތް ޖީލުތަކަށްޓަކައި އުންމީދު އާލާކޮށް، ސުލްޙަ މަސަލަސްކަން ޤާއިމުކޮށް އަދި އިންސާފު ކަށަވަރުކޮށްދިނުން" މި މައުޟޫޢަށް ބޭއްވި މިއަހަރުގެ އެސެމްބްލީގައި ވާހަކަފުޅު ދައްކަވަމުން، ރައްޔިތުންގެ ބާރުވެރިކަން އިތުރުކުރުމުގެ މުހިންމުކަމުގެ މައްޗަށް އެމަނިކުފާނު އަލިއަޅުއްވާލެއްވިއެވެ. އެގޮތުން ތަޢުލީމާއި، ޞިއްޙީ ޚިދުމަތާއި، ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދިނުމުގެ އިތުރުން، ދައުލަތުގެ މުހިންމު ނިންމުންތައް ނިންމާ މަރުޙަލާގައި ޒުވާނުންނާއި އަންހެނުންގެ ޝާމިލުވުން އިތުރުކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމުގައި ވިދާޅުވިއެވެ.

މީގެއިތުރުން، ރައްޔިތުންގެ އުންމީދުތައް ޙަޤީޤަތަކަށް ހަދައިދީ، ނަތީޖާ ނެރެވޭ ފަދަ ޤާނޫނުތަކާއި ސިޔާސަތުތައް އެކުލަވާލުމާއި، ބަޖެޓުތައް ތަރުތީބުކުރުމުގައި ޤާނޫނު ހަދާ މަޖިލީސްތަކުން އަދާކުރާ މުހިންމު ދައުރު މަޖިލީހުގެ ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.


Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450