ޚަބަރު
ކޮލޮމްބޯއިން ރާއްޖެއަށް އައި ކްރޫޒް ލައިނަރއަކަށް އިމިގްރޭޝަނުން ކްލިއަރެންސް ދީފި
ރާއްޖެ އައި ކްރޫޒްލައިނަރ--
ކޮލޮމްބޯއިން ރާއްޖެއަށް އައި ކްރޫޒް ލައިނަރ އަކަށް މޯލްޑިވްސް އިމިގްރޭޝަނުން ކްލިއަރެންސް ދީފިއެވެ. "އެމްއެސް އަމަޑިއާ" ނަމަކަށް ކިޔާ މި ކްރޫޒް ލައިނަރ ރާއްޖެ އައީ މިއަދުގެ ވަގުތެއްގައެވެ.
އިމިގްރޭޝަނުން މަޢުލޫމާތު ދެއްވިގޮތުގައި މި ކްރޫޒް ލައިނަރ މިއަދު ރާއްޖެ އައީ ސްރީ ލަންކާގެ ކޮލޮމްބޯ ގެ ބަނދަރުން ފުރައިގެންނެވެ. އެމްއެސް އަމަޑިއާ އިން ދަތުރުކުރި 758 ފަތުރުވެރިންނަށް އިމިގްރޭޝަނުން ވަނީ ކްލިއަރެންސް ދީފައެވެ. މީގެ ތެރޭގައި ހިމެނެނީ 453 ފަސިންޖަރުންނާއި 305 ކްރޫ މެންބަރުންނެވެ.

ކްރޫޒް ލައިންތަކުގެ މެދުގައި ރާއްޖޭގެ މަޤްބޫލުކަން އިތުރުވަމުންދާއިރު، ސަރުކާރުން މަސައްކަތް ކުރައްވަނީ ރާއްޖޭގެ 3 ސަރަޙައްދެއްގައި ކްރޫޒް ލައިނަރުތަކަށް ޚާއްޞަ ޖެޓީތަކެއް ތަރައްޤީކުރުމަށްކަމަށް ސަރުކާރުން މީގެ ކުރިން ވަނީ ވިދާޅުވެފައެވެ. ހަމަ އެހެންމެ، މި ދާއިރާއިން ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށް ސަރުކާރުން ވަނީ ހާމަކުރައްވާފައެވެ.
ރާއްޖެއަކީ ކްރޫޒް ލައިންތަކުގެ މެދުގައި އަބަދުވެސް މަޤްބޫލު މަންޒިލެއްގެ ގޮތުގައި ފާހަގަކުރެވެއެވެ. ކޮންމެ އަހަރަކުވެސް ރާއްޖެއަށް ގިނަ ޢަދަދެއްގެ ކްރޫޒް ލައިނަރުތައް ޒިޔާރަތްކުރެއެވެ.